މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ އިޤްތިޞާދީ މަންފާ ލިބޭ ދާއިރާއަކަށް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ޢައިޝަތު ނަހުލާ

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ އިޤްތިޞާދީ މަންފާ ލިބޭ ދާއިރާއަކަށް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ޢައިޝަތު ނަހުލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ އިޤްތިޞާދީ ގޮތުން މަންފާ ލިބޭ ދާއިރާއެއްގެ ގޮތުގައި ކުރިއެރުވުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އެ މަސައްކަތް ކުރާއިރު އެ ދާއިރާއިން ފައިދާ ހޯދުމަށް ހުރި ގޮތްތަކާއި މަގުތައް އިތުރަށް ފުޅައު ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ ޢައިޝާ މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ.

 

ޢައިޝާ ވިދާޅުވީ ސަރުކާރުން ކުރަމުން ގެންދާނީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ކުރި އަރުވައި ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށާއި ރާއްޖެ ރައްޔިތުންނަށް ޙައްޤުވާ ތަރައްޤީއާއި ތަމައްދުން ގެނެސްދެވޭނީ އެމޭރުމުން މަސައްކަތް ކޮށްގެން ކމަށެވެ. "އިރާދަ ކުރެއްވިއްޔާ މި ދާއިރާ ތަރައްޤީކޮށްގެން ދިވެހި އިޤްތިޞާދަށް އާރޯކަން ގެނެސްދީ މުޖުތަމަޢަށް އުޖާލާކަން ގެނެސްދިނުމުގެ ފުރިހަމަ ޒިންމާ އަދާކުރަމުން ދާނީ އުފާވެރިކަމާ ހިނިތުންވުމާއެކު." ކަމަށްވެސް ޢާއިޝާ ވިދާޅުވިއެވެ.

 

ޢާއިޝާ ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބަލާލާއިރު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ދާއިރާއިން ޙާޞިލު ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތައް އަގުހެޔޮ ކުރުމާއި ދަތުރުފަތުރުގެ ނިޒާމާއި ގުޅޭ ބައެއް ވަޢުދުތައް ހިމެނޭ ކަމަށެވެ. "މާލެއާއި ހުޅުލެއަށް ދަތުރު ކުރުން ފަސޭހަ ކޮށްދިނުމުގެ ގޮތުން ފެރީގެ ދަތުރުތައް ބޭނުންކުރާ ސަރަޙައްދު ބަދަލުކުރުމާއި ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާކިންގ ޒޯނެއް ކަނޑައެޅުންވެސް ހިމެނޭ. މި ހުރިހާ ލަނޑުދަނޑިއެއްވެސް 100 ދުވަސް ހަމަވުމުގެ ކުރީން ޙާޞިލު ކުރެވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް."

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް