އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު ތަފާތު ނަތީޖާއަކުން ކުޑަސިޓީއަށް..

ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު ތަފާތު ނަތީޖާއަކުން ކުޑަސިޓީއަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު ތަފާތު ނަތީޖާއަކުން ކުޑަސިޓީ އެފްސީ ކާމިޔާބުކޮށްފިއެވެ.

 

ހަޓް އެފްސީ އާއި ވާދަކޮށް އެޓީމުން މިއަދުގެ މެޗު ކާމިޔާބުކުރީ 6 ލަނޑު 1 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކުޑަސިޓީގެ ޖާރޒީ ނަމްބަރު 2 ޙުސައިން ނިހާދުއެވެ.

 

މި މުބާރާތުގެ މާދަމާގެ މެޗުގައި ހަވީރު 15:45ގައި ބައްދަލުކުރާނީ ސިކްސް އެކްސް އާއި ބީޑަބްލިއުބީ އެވެ.

 

މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

 

މިއީ ރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމާއި ހުރިހާ ޒުވާނުން އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަމާއެކު އުޅުމުގެ މަގު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ ބާއްވަމުން އަންނަ މުބާރާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް