އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުތައް ކުނިން ސާފުކޮށް ބޭއްވުމަށް މަގުތައް ބާރުގަދަ މީހާއަށް ފަތްލިޔެދިނުން ހުއްޓާލަން ޖެހޭ!

މަގުތައް ކުނިން ސާފުކޮށް ބޭއްވުމަށް މަގުތައް ބާރުގަދަ މީހާއަށް ފަތްލިޔެދިނުން ހުއްޓާލަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މާލޭގެ މަގުތަކަކީ ބާރު ގަދަ މީހާއަށް ފަތް ލިޔެދީފައި އޮންނަ ތަނެއް ކަމަށް ސިފަ ކުރެވޭހައި ދުވަހަކު މާލޭގެ މަގުތަކަކީ ސާފުތާހިރުކަން ބެލެހެއްޓުމަށް ހުރސްތައް ކުރިމަތިވާނެއެވެ.

ކުޑަކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ހަނދުވަރީ ހިނގުމުގައި ހުންނަ އެމްއެންއެސް ނިޔު ޕްލާޒާ ކުރިމަތީގައި އޮންނަ ގޯޅިއަކީ ކުޑަ ގޯޅިއެއް ނަމަވެސް ގޯޅީގައި ބުރިބުރިއަށް ހުރި އިމާރާތްތަކުގައި އެތައް ސަތާކަ ބައަކު ދިރިއުޅުއެވެ.

އެމީހުންގެ ސައިކަލްތަކާއި އަދި ހަނދުވަރީ ހިނގުމުގައި އެސަރަހައްދުގައި ހުރި އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ސައިކަލްތައް ޕާކްކުރަން އެ ގޯޅީގެ ދެފަރާތްވެސް ބޭނުން ކުރެއެވެ. އެއިގެ ތެރޭގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހިމެނެއެވެ. އެގޯޅީގައި ބާރު ގަދަ މީހުންގެ ކުނިބުންޏާއި ގެންގޫޅޭ ސާމާނު ބަހައްޓައި މަގުން ބައެއް ހިސޯރުކޮށަފައި ނުއޮންނަ ދުވަސްވަރެއް މަދުވާނެއެވެ. ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ އުވައޮޑިއާއި ސާމާނު ބަހައްތާފައި ހުންނަތާ މިހާރުވެސް 2 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.

އިހައްދުވަހު ފެންބޮޑުވުމާއި ހަމައަށް އުވައޮޑި އޮތީ ގޯޅީގައި ދިގަށް ބާއްވާފައެވެ. އެތައް ސައިކަލްތަކެއް ޕާކު ކުރާނެ ޖާގައިގައެވެ. ފެންބޮޑުވި ދުވަހު އުވައޮޑިވެސް އޮތީ ފެނުއަދީގައެވެ. ނުފެންނާތީ އަޅައިގަނެ އެތައް ބައަކަށް އަނިޔާވިއެވެ. އެކަމާއި ގުޅިގެން މިހާރު އުވައޮޑި އެހެރީ "ކޮޅަށް ތެދުވެ"އެވެ. މިފަދަ ކަންކަން މިހެން ހުންނައިރު، އަވަށު ސަރުދާރުން ނެތުނު ފަހުން އަޅައިލާނެ އެއްވެސް ބައަކު ނުތިބެއެވެ. މަގުތައް ބެލެހެއްޓުމުގެ ޒިންމާ ނެގުމަށްފަހު ޓީވީތަކުގައި މޮޅު ވާހަކަތައް ހައުސިންގ މިނިސްޓަރު ވެސް ދެއްކިއެވެ.

މާލޭގެ މޭޔަރުކަން ކުރައްވާ ބޭފުޅުންވެސް ދައްކަވައެވެ. ނަމަވެސް މަގުތަކުގެ ހާލަތު ބަލައި ކަމެއް ރަނގަޅުކުރެވުނުތަނެއް އަދި ނުފެނެއެވެ. މިކަންކަމުގެ ހުރިހާ ރުޅިއެއް ރައްޔިތުން ބާލަނީ މަގުތަކަށެވެ. މަގުތަކަށް ކުނިއެޅުން ފަދަ ކަންކަން މީހުން ކުރާ ކުރާ އެންމެ ބޮޑު އެއް ސަބަބަކީ މިފަދަ މައްސަލަތަކެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރަންޖެހޭ ފަރާތްތަކުން ސަމާލުކަން ނުދޭނަމަ މާލޭގެ މަގުތައް ކުންޏާއި އެހެން މައްސަލަތަކުން ސަލާމަތް ކުރެވޭނެ ކަމާއިމެދު ސުވާލު އުފެދެއެވެ. މިހާރު ވަމުން މިދާ ގޮތަކީ ސަރުކާރުން ނޫނީ އެހެން ފަރާތަކުން ނަމަވެސް ކުނި ސާފުކުރަން ޓީޝާޓެއް ދޭ ދުވަސް ދުވަހު ނުކުމެ ކުނި ސާފުކުރަނީއެވެ. ޓީޝާޓު ބާލަފައި ނުކުމެ ކުނި އަޅަނީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް