އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުމަތި ފަދައިން ދިރިއުޅޭ މާހައުލު ވެސް ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭ: ފައިޞަލް

މަގުމަތި ފަދައިން ދިރިއުޅޭ މާހައުލު ވެސް ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭ: ފައިޞަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހަމަ އެކަނި މަގުމަތި ސާފުކުރުމަކުން ނުފުދޭ ކަމަށާއި މަގުމަތި ފަދައިން ދިރިއުޅޭ މާހައުލު ވެސް ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިއަދު ކުރިއަށް ގެންދިއަ މަގުމަތި ސާފުކުރުމުގެ މަސައްކަތްތަކުގައި އުޅުއްވެވުމަށްފަހު ފައިޞަލް ވިދާޅުވީ ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ނުބެލެހެއްޓޭނަމަ ތަފާތު އިޖުތިމާޢީ މައްސަލަތައް ވެސް އުފެދޭނެ ކަމަށާއި ބަލި މަޑުކަންވެސް ދާނީ ޢާންމުވަމުން ކަމަށެވެ. އެހެންކަމުން މިކަމަކީ އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

ފައިޞަލް ވީދާޅުވީ މަގުމަތީގައި ކުނި ކޮތަޅެއް ބެހެއްޓުމުން އެހެން މީހުންވެސް އިތުރު ކުނި ކޮތަލުތައް ބަހަޓަމުން ގެންދާ ކަމަށާއި ހުސްފުޅިއެއް ލައިލުމުންވެސް ހަމަ އެގޮތަށް އިތުރުވަމުން އަންނަ ކަމަށެވެ. "އެހެންވީމާ ކޮންމެ މީހަކީވެސް ސާފުތާހިރުކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އުފުލާ އަދި ނަމޫނާ ދައްކާ މީހަކަށް ވާން އެބަޖެހޭ." ފައިޞަލް ވިދާޅުވީ ބޮޑެތި މީހުން މިކަމުގައި ކުޑަކުދިންނަށް ނަމޫނާ ދައްކާނަމަ އެކުދިންނަށް ދާނީ ރީތި ގޮތްތައް ދަސްވަމުން ކަމަށާއި މަގުތަކާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދާނީ ބެލެހެއްޓެމުން ކަމަށެވެ.

ކުނިތަކާއި ބަލިތަކުން ދާނީ ސަލާމަތްވަމުން ކަމަށެވެ. ފައިޞަލް ވިދާޅުވީ މާލެ އާއި ރަށްތަކުގެ ކުނި ގޮނޑުތައް ކުނިތަކުން ފުރިފައި ވުމަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތައް ކުރަމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް