އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިން ބަފައިންނަށާ ޢާއިލާއަށް ހިތް ބުރަކޮށް ކުނި މޫނު ދައްކައިގެން ތިއުޅެނީ އެކަމުގަ ހުރި ޢަޛާބު ޚިޔާލަށް ވެސް ނުގެނެވޭތީ!

މައިން ބަފައިންނަށާ ޢާއިލާއަށް ހިތް ބުރަކޮށް ކުނި މޫނު ދައްކައިގެން ތިއުޅެނީ އެކަމުގަ ހުރި ޢަޛާބު ޚިޔާލަށް ވެސް ނުގެނެވޭތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

އިސްލާމް ދީނަކީ ހިތް ހެޔޮ ކުރުމުގެ ދީނެވެ. މީސްތަކުންނަށް މަޢާފް ކުރުމުގެ ދީނެވެ. މީސްތަކުންނަށް ހިތް ހެޔޮ ކުރުމަކީ ދިރިހުއްޓައި ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވާ ސަބަބެއްކަން ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުން ސާބިތުވާން އޮތުމުން އެކަމުގެ މަތިވެރިކަން އެއޮތީ ހާމަވާށެވެ. މިއީ ހަމަ އެންމެންވެސް ދަންނަ ހަދީޘްފުޅެކެވެ.

"ދެން މިސްކިތަށް ވަންނާނީ ސުވަރުގެ ވަންތަވެރިއެއް" ކަމަށް 3 ދުވަހު ބަޔާން ކުރެވެވުމުން މިސްކިތަށް ވަނީ އެކަކު ކަމާއި އެބޭކަލެއްގެ ކިބައިގައި ހުރި ހަމައެކަނި ޚާއްޞަ ސިފައަކީ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ހުރިހާ އެންމެންނަށް މަޢާފް ކުރައްވަވައި ހިތްހެޔޮ ކުރެއްވެވުންކަން އެއީ އެނގެން އޮތް ކަމެކެވެ.

ދިގުކުރަން އެ ވާހަކަ ނުދައްކައި މަޢްޟޫއާއިގެން ކުރިއަށް ދާނަމެވެ. މީސްތަކުންގެ މައްޗަށް ހިތް ހެޔޮ ކުރުމަކީ އަދި މަޢާފް ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތަ އިރުވެސް ކޮންމެވެސް މައްސަލައެއްގައި ހިތް ހަމަ ނުޖެހި އަހަރެމެން މައިން ބަފައިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަެއްބަނޑު އެއްބަފާ މީހުންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަނިބިފިރިންނާއި އަދި ފިރިން އަނބިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަދި ބައެއް ހާލަތްތަކުގައި ދަރިންނާއިވެސް ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ.

ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވެފައި ހުންނަނީ މުދަލުގެ މައްސަލައިގައެވެ. ނޫން ނަމަ ފައިސާގެ މައްސަލައިގައެވެ. ނިކަން ވިސްނައިލަބަލާށެވެ! މުދަލަކީވެސް ފައިސާ އަކީވެސް މުހިންމު އެއްޗެކެވެ. މުހިންމީ މުދަލާއި ފައިށާ ހެއްޔެވެ؟ އާޚިރަތް ދުވަސް ހެއްޔެވެ؟ ތިބާއަށް ހައްޤު އެއްވެސް މިދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހުން ލިބޭނެކަން ނުއެނގެނީ ހެއްޔެވެ؟

ބަލަ އެގޮތް މާ ރަނގަޅު ނޫންހެއްޔެވެ؟ މިދުނިޔޭގައި މުދަލާއި ފައިސަ ލިބުމުން ޚަރަދުކުރެވި ހުސްކޮށްލެވޭނީއެވެ. ގިނަ ފަހަރަށް އޮންނާނީ ޞަދަޤާތެއްވެސް ނުކުރެވިފައެވެ. ކުރެވުނު ނަމަވެސް ކުރެވޭނީ ވަރަށް މަދު މިންވަރެކެވެ. އާޚިރަތް ދުވަހު ތިބާއަށް އެ މުދަލާއި ފައިސާ ލިބޭނީ އެއިގެ އެންމެ ފުރިހަމަ ގޮތުގައެވެ. ހެޔޮކކަމާއި ސަވާބުގެ ގޮތުގައެވެ.

އެދުވަހަކީ ކޮންމެ މީހަކުވެސް ހެޔޮކަންތައްތައް މަދުވެގެން ތެޅި ފޮޅޭނެ ދުވަހެވެ. ވީއިރު މިދުނިޔޭގައި މުދަލާއި ފައިސާ ނުލިބިގެން ބައަކާއި ހަސަދަ ލައި ޢަދާވާތްތެރިވެ އާޚިރަތް ނަގައިލުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ވީމާ ރަނގަޅަށް ވިސްނައިލާށެވެ. އެއްވެސް މީހަކާއިމެދު، ޚާއްޞަކޮށް ރަޙިމުގެ ގުޅުން އޮތް މީހުންނާއިމެދު، ޢާއިލާގެ މީހުންނާއިމެދު ހިތުގައި ހަސަދަލައިގެން އުޅޭއިރު މިކަންކަމަށް ވިސްނައިލާށެވެ. ވާހަކަ ނުދައްކައި ހުންނައިރު މިކުރެވެނީ ކޮންކަމެއް ކަމާއިމެދު ވިސްނައިލާށެވެ!

އަހަރެންގެ އާދޭހަކީ ހަަމ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި މިފަދަ އެއްވެސް ކަމެއް ނުކުރުމެވެ! މައިން ބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިމެދު ހަސަދަލައި ވާހަކަ ނުދައްކައި އުޅުމުން އެމީހުން ކުރާ ހިތާމަތަކަށް ޤިޔާމަތް ދުވަހުން އަގު ދައްކަން ތިބާއަށް ޖެހޭނެއެވެ. އެކަމުން ލިބޭ ތަކްލީފް މާބޮޑުވާނެކަމާއިމެދު މިއަދު ނުވިސްނައިފިނަމަ އެދުވަހު އުޅެން ޖެހޭނީ މާނިކަމެތި ހާލުގައިކަން ހަނދާނުގައި ބަހައްޓާށެވެ! __އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް