އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިއްކަން ހުންނަ އެއްޗެއްގައި އަތްލައިފިނަމަ، އެއެއްޗެއް އިތުރަށް ގަންނަ ހިތްވޭ: ދިރާސާ

ވިއްކަން ހުންނަ އެއްޗެއްގައި އަތްލައިފިނަމަ، އެއެއްޗެއް އިތުރަށް ގަންނަ ހިތްވޭ: ދިރާސާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ވިއްކަން ހުންނަ އެއްޗެއްގައި އަތްލައިފި ނަމަ އެ އެއްޗެއް ގަންނަ ހިތް އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައި ފިއެވެ.

 

ބޭރުގެ ޔުނިވަސިޓީގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުންނަ އެއްޗެއްގައި އިނގިލި ޖައްސައިލުމަކީ ވެސް، އެއެއްޗެއް އަސްލު އަގަށް ވުރެ ބޮޑު އަގުގައި ނަމަވެސް ގަންނަން ބޭނުންވާ ކަމެކެވެ. އަދި މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާފައި ވަނީ ވިއްކަން ހުންނަ އެއްޗެއްގައި އަތްލައިފިނަމަ އެއެއްޗަކީ ތިމާގެ "އަމިއްލަ އެއްޗެއް"ގެ ގޮތުގައި ކޮންމެވެސް ވަރަކަށް އިހްސާސްކުރެވެން ފަށާ ކަމަށެވެ.

 

އަލަށް ކުރި މި ދިރާސާގައި ބުނެފައި ވަނީ ވިއްކަން ހުންނަ އެއްޗެއްގައި އަތް ޖައްސާލައިތާ 30 ސިކުންތު ތެރޭގައި، އެއެއްޗަކީ އަމިއްލައެއްޗެއް ކަމަށް އިހްސާސްވާން ފަށާ ކަމަށެވެ.

 

މި ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތަށް މަގެއް ދިނެވެ. އަދި އެއް ބަޔަކު އެ މަގް ހިފަހައްޓައިގެން 15 ސިކުންތި ތިބި އިރު އަނެއް ބަޔަކު ތިބީ 10 ސިކުންތު ވަންދެންނެވެ. އަދި ފަހުން އެ މަގުތައް ނީލަމެއްގައި ވިއްކާލިއިރު މަގްތައް 10 ސިކުންތު ވަންދެން ހިފެހެއްޓި މީހުން ވަނީ އޭގެ އަސްލު އަގަށް ވުރެ ބޮޑު އަގުގައި ގަންނަން ހުށަހަޅައިފަ އެވެ.

 

ދިރާސާކުރި ފަރާތުން ބުނެފައި ވަނީ އެންމެ ބޮޑަށް ފާހަގަވަނީ މާބޮޑު ބޭނުމެއް ނެތް އެއްޗެއް ވެސް ގިނަ ވަގުތު ގެންގުޅެން ލިބުމުން އެ އެއްޗަކަށް ބޭނުންވާ މިންވަރު އިތުރުވުން ކަމަށެވެ. އަދި އެއްޗެއް ވިއްކާއިރު އެ އެއްޗެއްގައި އަތްލައި، ކަސްޓަމަރު ހިތްހަމަޖެހޭ ވަރަށް ބަލަން ލިބުމަކީ ކަސްޓަމަރުންގެ ބޮލުގައި މުދާ އެޅުވުމަށް ބޭނުންކުރެވިދާނެ އުކުޅެއް ކަމަށް ވެސް ދިރާސާގައި ބުނެއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު