އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން އެއް މިލިއަނަށްވުރެ މައްޗަށް އަރާ

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން އެއް މިލިއަނަށްވުރެ މައްޗަށް އަރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

 

މިދިޔަ ބުދަދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގުތައް ފެންބޮޑުވުމުގެ ސަބަބުން، އެކި ފަރާތްތަކުގެ  ގެދޮރަށާއި އިމާރާތްތަކަށް ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްސީ) އިން ބުނެފިއެވެ.

 

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ވާހަކަދައްކަވަމުން އެންޑީއެމްސީގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގައި ގެއްލުންވެގެން 214 ގެއަކުން އެހީތެރިކަމަށް އެދިފައިވާކަމަށާއި އޭގެެތެރެއިން 173 ގެއަކަށް ލިބުނު ގެއްލުން ވަޒަންކޮށްފައިވާ ކަމަށެވެ.

 

ހިސާން ވިދާޅުވީ ގެއްލުން ލިބުނު ހުރިހާ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ބަލާ، ލިބުނު ގެއްލުންތައް ވަޒަންކޮށް އަންނަ ހޯމަދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބުދަދުވަހު ކުރި ވިއްސާރައިގެ ސަބަބުން 6 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

 

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ބައެއް ގެތަކުގެ ނަރުދަމާގެ މައްސަލަތައް ޖެހި އަދި ބައެއް ގެތަކަށް ކަރަންޓުގެ މައްސަލަތައް ވެސް ވަނީ ދިމާވެފައެވެ. ނަމަވެސް މިފަދަ ހުރިހާ ބޮޑެތި މައްސަލަތައް މިހާރު ހައްލުވެފައިވާކަމަށް އެސެންޓަރުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ