އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ މެޗު ހަނިގޮތަކަށް ސިކްސް އެކްސްއަށް..

މިއަދުގެ މެޗު ހަނިގޮތަކަށް ސިކްސް އެކްސްއަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ކ. ގުރައިދޫގައި މިހާރު ކުޅޭ ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު ސިކްސް އެކްސް އިން ހަނިގޮތަކަށް ކާމިޔާބުކޮށްފިއެވެ.

 

ބީޑަބްލިއުބީ އާބައްދަލުކޮށް މިއަދުގެ މެޗު ސިކްސް އެކްސް އިން ކާމިޔާބުކުރީ 0-1 ލަނޑުންނެވެ.

 

ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗުގައި ދެޓީމުންވެސް ވަނީ ހަމަލާތައް އުފައްދާފައެވެ. ނަމަވެސް ގޯލު ދާގަނޑުގައި ބޯޅަ ޖައްސާލެވޭވަރުވީ ހަމައެކަނި ސިކްސް އެކްސްއަށެވެ.

 

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ ސިކްސް އެކްސްގެ ޖާރޒީ ނަމްބަރު 9 ޢަބްދުﷲ ރިފާޢު އެވެ.

 

މިއަދުގެ މެޗު ބެލުމަށްވެސް އެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ހާޟިރުވެފައެވެ.

 

މާދަމާގެ މެޗުގައި ބައްދަލުކުރާނީ ޗެލެންޖަރސް އެފްސީ އާއި ކުޑަސިޓީ އެފްސީއެވެ. މެޗު ފަށާނީ ހަވީރު 15:45ގައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ އެރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމާއި ހުރިހާ ޒުވާނުން އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަމާއެކު އުޅުމުގެ މަގު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް