އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޕީ ކަޕް: މިއަދުގެ މެޗުން މޮޅުވެ، ހިރިލަންދޫ ކިނބިދޫ އާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފި

އެމްޕީ ކަޕް: މިއަދުގެ މެޗުން މޮޅުވެ، ހިރިލަންދޫ ކިނބިދޫ އާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ ރަށްތަކަށް ކުރިއަށްގެންދާ 'އެމްޕީ ކަޕް 2018' ގައި ހިރިލަންދޫ މިއަދު ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، ކިނބިދޫ އާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފިއެވެ.

 

ތ. ވަންދޫގައި ކުޅޭ މި މުބާރާތުގެ މިއަދު މެޗު ހިރިލަންދޫއިން ކާމިޔާބުކުރީ ކަނޑޫދޫ އާވާދަކޮށް 6 ލަނޑު 1 ލަނޑުންނެވެ.

 

ކިނބިދޫ ދާއިރާގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި މިހާތަނަށް އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ ހިރިލަންދޫއިން މިއަދުގެ މެޗުގެ 25 ވަނަ މިނެޓުގައި ލީޑު ނެގީ މޫސާ ފަޔާޒު ޖަހައިދިން ގޯލުންނެވެ.

 

ފުރަތަމަ ހާފު މި ލީޑުގައި އޮވެ، ނިންމާލުމަށްފަހު، ދެވަނަ ހާފުގައި ހިރިލަންދޫއިން ލީޑު ފުޅާކުރީ 59 ވަނަ މިނެޓުގައި ޢަބްދުލްމުޢީދު ޖަހައިދިން ގޯލުންނެވެ.

 

އެހެންނަމަވެސް ކަނޑޫދޫ އިންވަނީ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގޯލެއްޖަހާ އުއްމީދު އާކޮށްފައެވެ.

 

މި ޕެނަލްޓީއާއެކު ހިރިލަންދޫގެ އެޓޭކުތައް ވަރުގަދަ ކުރިއެވެ. ނަތީޖާއަކަށްވީ 70 ވަނަ މިނެޓުގައި އިތުރު ގޯލެއްޖަހާ ލީޑު ފުޅާކުރުމެވެ. މި ގޯލު ޖެހީ ފުރަތަމަ ގޯލުވެސް ޖަހާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި މޫސާ ފަޔާޒެވެ. އޭގެ 5 މިނެޓު ފަހުން ހިރިލަންދޫގެ މުހައްމަދު ރިފްޝާން އެޓީމުގެ 4 ވަނަ ގޯލު ޖެހި އިރު، 78 ވަނަ މިނެޓުގައި މުހައްމަދު އަކްރަމް ވަނީ ހިރިލަންދޫގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްފައެވެ. އަދި މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އަހުމަދު އަޒީމް ވަނީ ހިރިލަންދޫގެ 6 ވަނަ ގޯލް ކާމިޔާބުކޮށްފައެވެ.

 

މިހާތަނަށް ވަނީ 7 މެޗު ކުޅެފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ކިނބިދޫ އާއި ހިރިލަންދޫ ވަނީ 7 ޕޮއިންޓާއެކު އެއްވަރުވެފައެވެ. ވަންދޫއަށް 6 ޕޮއިންޓު ލިބިފައިވާއިރު، އޮމަދޫ އާއި ކަނޑޫދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

 

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިނިބިދޫ އާއި ވަންދޫއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް