އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތަރު ޓީމާއެކު ދެވަނަ ޤައުމީ ޓީ ޓްވެންޓީ ކްރިކެޓް ޝީލްޑް ފަށައިފި

ހަތަރު ޓީމާއެކު ދެވަނަ ޤައުމީ ޓީ ޓްވެންޓީ ކްރިކެޓް ޝީލްޑް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ހަތަރު ޓީމާއެކު ދެވަނަ ޤައުމީ ޓީ ޓްވެންޓީ ކްރިކެޓް ޝީލްޑް މިއަދު ފަށައިފިއެވެ.

 

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެފަހުގެ ޗެމްޕިއަން ކުނަހަންދޫ މާލޭ ސްޕޯޓްސް ކްލަބު، ހިންނަވަރު ހިރިޔާ މާލެ، ވިޔަންސާ ވިލިނގިލި އަދި ފުވައްމުލައް ސީބީއެލް ސްޕޯޓްސްއެވެ.

 

މި މުބާރާތުގެ ކުޅުން އިއްޔެ ފެށިނަމަވެސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދުއެވެ. މުބާރާތް ރސްމީކޮށް ހުޅުއްވާދެއްކީ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފް އެވެ.

 

އަންހެން ކުޅުންތެރިންނަށް ޚާއްޞަކޮށްގެން މިދިޔަ އަހަރު ފެށި މިމުބާރާތާއި ބެހޭގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ މިއީ އަންހެން ކުޅުންތެރިންނަށް ކްރިކެޓް އާލާކޮށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. އަދި މިއަހަރުގެ މުބާރާތަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

 

މީގެ އިތުރުން މި މުބާރާތުގައި އަންހެން ކްރިކެޓް ކުޅުންތެރިންގެ މޮޅު ހުނަރުތައް ފެންނަމުންދާ ކަމަށާއި މިއީ އަންހެން ކުރިކެޓް އާލާ ކުރުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އަފްލާޙް (އަފޫ) ވިދާޅުވިއެވެ.

 

ފުރަތަމަ މެޗުގައި 1 ވިކެޓުން ފުވައްމުލައް ސީބީއެލް ސްޕޯޓްސް، ކުނަހަންދޫ މާލޭ ސްޕޯޓްސް ކްލަބު ބަލިކުރި އިރު، އިއްޔެ ކުޅުނު ދެވަނަ މެޗުން މޮޅުވީ ހިންނަވަރު ހިރިޔާ މާލެ އެވެ. އެޓީމު މޮޅުވީ ވިޔަންސާ ވިލިނގިލި އަތުން 5 ވިކެޓުންނެވެ.

 

މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ނޮކްއައުޓް ސްޓޭޖުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް