އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އިސްލާމްވިތާ 892 އަހަރު ފުރުނުއިރު ރައްޔިތުންގެ ބައަކު އިސްލާމްކުރަން ޖެހިފަ!

ރާއްޖެ އިސްލާމްވިތާ 892 އަހަރު ފުރުނުއިރު ރައްޔިތުންގެ ބައަކު އިސްލާމްކުރަން ޖެހިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

މިއަދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިކަމާއިއެކު ފާހަގަކުރަމުން މިގެންދަނީ ރާއްޖެ އިސްލާމްވިތާ 892 އަހަރު ފުރޭ ދުވަހެވެ. ދުވަސް ކިތަންމެހައިވެސް ފަޚުރުވެރިއެވެ. އަދި އެހައިމެ މަތިވެރިއެވެ.

ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ލޯތަކުން ކަރުނަ އޮހޮރެއެވެ. ނިމިގެންދިއަ ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރި ބައެއް ދިރާސާތަކުގައި މައުލޫމާތުދިން ޒުވާނުންގެ 60 އިންސައްތަ ބުނެފައިވަނީ ރާއްޖޭގައި އިސްލާމް ދީން އޮތުމާއި ނެތުން އެމީހުންނަށް މުހިންމު ނޫން ކަމަށެވެ. ދީނަކީ އެމީހަކު އަމިއްލައަށް އިޚްތިޔާރު އެއްޗަކަސް ވާން ޖެހޭނެ ކަމަށެވެ.

މި މއަުލޫމާތު ވެރިކަން ކުރާ މައި އެމްޑީޕީގައި ހުންނާނެއެވެ. ދަރިން އިސްލާމް ދީން ދޫކޮށް މުރުތައްދު ވުމުގެ މައްސަލަތައް ގިނަވެ ބައެއް މައިން ބަފައިން ގެންދަނީ އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށަހަޅަމުންނެވެ.

އަނެއްބައި ޢާއިލާތަކުގައި ދަރިފުޅަކީ އާމްދަނީ ހޯދައި ޢާއިލާއަށް ޚަރަދުކުރާ ކުއްޖަކަށްވެފައި ކުރިމަތިވެދާނެ މައްސަލައަކަށްޓަކައި ދަރިފުޅުގެ ދީނާއި ބެހޭކަށް ބޭނުމެއް ނުވެއެވެ. ދަރިފުޅު އިސްލާމް ދީން ދޫކޮށް ނަރަކައަށް ދިއުމަކީ އެފަދަ ޢާއިލާތަކަށް އެއްވެސް މައްސަލައެއް ނޫނެވެ. ބޭނުންވަނީ ދަރިފުޅު ހޯދާ ފައިސާއެވެ.

މީގެ 892 އަހަރު ކުރިން ރާއްޖެ އިސްލާމްވުމާއިއެކު ޤައުމުގައި ހުރި ބުދު ކޮއިލުތައް ތަޅައިލީއެވެ. ބުދުތައްވެސް ތަޅައިލީއެވެ. ބައެއް ރަށްރަށުގައި އެތަންތަނަށާއި ބުދުތަކަށް ފަސްއަޅައި ފޮރުވީއެވެ. ރަށްރަށުން މިފެންނަ ދާގަބަ ތަކަކީ އެފަދަ ތަންތަނެވެ. އެތަންތަނުގެ އަޑީގައި ވަނީ އެފަދަ ތަންތަނާއި ބުދުތަކެވެ.

މިއަދު މިގެންދަނީ ބިރެއް ނެތި ބުދު ކޮއިލުތައް ހަދަމުންނެވެ. ބުދުތައް ބަހައްޓަމުންނެވެ. ނުވިތާކަށް ބިން ކޮންނަނިކޮށް ބުދެއް ފެނިއްޖެނަމަ އެ އެއްޗެއް ނައްތައިލުމުގެ ބަދަލުގައި އެއީ އެންމެ މުހިންމު ޤައުމީ ތަރިކައަށް ހަދައި އިއްޒަތްދީ ބަލަހައްޓަމުންނެވެ. ރާއްޖެއަކީ 100% މުސްލިމް ޤައުމެއް ނަމަވެސް އެއްވެސް ޒަމާނެއްގައި އިސްލާމީ ޝަރީޢާ ޤާއިމުކޮށްފައެއް ނުވެއެވެ. ޤާއިމުކުރަމުން އައި ހައްދުތައް ޤާއިމުކުރުންވެސް މިހާރު ވަނީ ހުއްޓާލެވިފައެވެ. ދީނީ ގޮތުން ސާނަވީ ތައުލީމު ވެސް ފުރިހަމަ ނުކުރާ ނައިބުން ކުރި ޙުކުމްތަކަށް ޖެހި ހައްދު މިވަނީ ހުއްޓައިލެވިފައެވެ. ފަނޑިޔާރުން ކަމު ނުދާ ކަމަށް ބުނެއެވެ.

އދ އިން ރުޅިއަންނާތީއެވެ. ނަމަވެސް އެ ފަނޑިޔާރުން ކުރާ އެހެން ޙުކުމްތައް ބަލައިގަނެ އެބަ ތަންފީޒުކުރެވެއެވެ. މިއަދު ތިއްބެވި ބައެއް ފަނޑިޔާރުންނަކީ އިސްލާމީ ޝަރީޢާ އިން ޑިގްރީ އާއި މާސްޓަރސް ޙާޞިލު ކުރައްވައިގެން ތިއްބެވި ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކީ ޕީއެޗްޑީ ހާޞިލުކުރައްވައިގެން ހުންނެވި ފަނޑިޔާރެކެވެ. އެހެންކަމާއިއެކުވެސް ނައިބުންނަށް ކުރި އިތުބާރު ހަމައެކަނި އެކަމުގައި ކުރެވޭ ކަމަކަށް ނުވެއެވެ.

ރާއްޖޭގައި ހުރި މިފަދަ މައްސަލަތަކަށް ޙައްލު ނުހޯދައި ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ބުނުމަށް އޮތީ ކޮން ހައްޤެއް ބާވައެވެ! ރައްޔިތުންގެ ގެ ތެރެއިން ބައަކު ތިބީ އިސްލާމްކުރަން ޖެހިފައި ކަމަށް ޤަބޫލުނުކޮށް މައްސަލައަށް ޙައްލު ހޯދޭނެ ބާވައެވެ!

ދިވެހި ރައްޔިތުން އިސްލާމް ދީން ޤަބޫލުކުރީ އެކަމަށް އެއްވެސް ހަނގުރާމައެއް ކޮށްގެނެއް ނޫނެވެ. ވެރިކަމުން އެކަން ބޭނުންވުމުން އެކަން އޮތީ ޙާޞިލުކުރެވިފައެވެ. މިއަދުވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. ވެރިކަމުން އެކަން އެގޮތުގައި ދަމަހައްޓަން ޙަޤީޤަތުގައިވެސް ބޭނުންވާނަމަ އެއީ ހަމަ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު އިސްލާމް ދީނުގައި ޢައުރަ އަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން އޮތްއިރު، ހިލޭ ފިރިހެނާގެ ކުރިމަތީގައި އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއްކަމަށް ހުރިހާ ދީނީ ޢިލްމްވެރިން އިއްތިފާޤްވާއިރު ރާއްޖޭގައި ވެރިކަން ކުރާ ސަރުކާރުތަކުން އެކަން ވެސް ޤަބޫލު ކުރާތަން ނުފެންނަކަމީ ހިތާމަހުރި ކަމެކެވެ. އެހެންކަމާއިއެކުވެސް ސަރުކާރުތަކުން އަބަދުވެސް ދައްކަނީ އިސްލާމް ދީން ހިމާޔަތްކުރާ ވާހަކަ ކަމަށްވުމުން އެއީ އިސްލާމް ދީނަށް ކުރާ ފުރައްސާރައަކަށް ނުވޭބާވައެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް