އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވެރިކަން ދޫކޮށް ދީނުގެ ހެޔޮ ތަރުބިއްޔަތު އުނގަންނައިދޭން މަސައްކަތް ކުރާނަން- މިނިސްޓަރ އިމްރާން

އަނިޔާވެރިކަން ދޫކޮށް ދީނުގެ ހެޔޮ ތަރުބިއްޔަތު އުނގަންނައިދޭން މަސައްކަތް ކުރާނަން- މިނިސްޓަރ އިމްރާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ހަރުކަށިކަމާއި އަނިޔާވެރިކަން ދޫކޮށްލައި އިސްލާމްދީނުގެ ހެޔޮ ތަރުބިއްޔަތު ޒުވާނުންނަށް އުނގަންނައިދިނުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިންނަކީ ގަދަރުވެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި ނުވަސަތޭކަ އެއްހާ އަހަރު ދެމިއޮތުމުގެ ސިއްރަކީ މާތްވެގެންވާ އިސްލާމްދީނުގެ ރީތި އަޚްލާގާއި އަގީދާ ދިވެހިންގެ ތެރޭގައި އަށަގަނެފައި އޮތުން ކަމަށެވެ.

 

ނަމަވެސް ދީނުގެ ރީތި އާދަތަކާ ދުރަށް މިހާރުގެ ޒުވާނުން ތަރުބިއްޔަތު ވަމުންދާތަން ފެންނަ ކަމަށާއި އެއީ ދިވެހިންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި ކާބަފައިން އަހަރެމެންނާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރިކޮށްދިން މާތް ވެގެންވާ އިސްލާމް ދީން، ހަމަ އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ޒުވާނުންނަށް ދީން އުނގަންނައިދޭން ކޮންމެހެން މަޖުބޫރު ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

"ސަރުކާރުގެ އުންމީދު ތަކެއް އެބަ އޮތް. އަޅުގަނޑުމެން އަނިޔާވެރިކަމާއި ހަރުކަށިކަން ދުރުކުރާނަން. ސުލްހައާއި އަމާން ވެއްޓެއްގައި ދީން މަތިވެރިކޮށްދޭނަން. ރިވެތި ނަމޫނާ އާއި ރިވެތި މިސާލުން އަޅުގަނޑުމެންނަށް މިސާލު ދެއްކިއްޖެ ނަމަ ދީން އެއްޖީލުން އަނެއްޖީލަށް އިސްލާމް ދީން ރައްކާތެރިކަމާއެކު ވާސިލްކޮށްދެވޭނެ،" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ