އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސިޑެންޓްގައި އަނިޔާވި އެކަކު އޭޑީކޭ އަށް ބަދަލުކޮށްފި

އެކްސިޑެންޓްގައި އަނިޔާވި އެކަކު އޭޑީކޭ އަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ހުޅުމާލެއާއި ހުޅުލެއާއި ދެމެދު ހަދާފައިވާ ލިންކްރޯޑުގައި ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފިއެވެ.

 

މައުލޫމާތު ދިން ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގީ ލިންކްރޯޑުން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހުމާ ގުޅިގެންނެވެ. އެކްސިޑެންޓުގެ ސަބަބުން އެ ދެ ސައިކަލަށް ވެސް ގެއްލުން ލިބިފައިވެއެވެ.

 

ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެ ހުންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މިއެކްސިޑެންޓާއި ގުޅިގެން ފަރުވާދިނުމަށްޓަަކައި ހުޅުމާލެ ހޮސްޕިޓަލަށް އުމުރުން 41 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނަކު ގެންދިޔަ ކަމަށެވެ.

 

އޮފިޝަލު ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވި ދެމީހުންގެ ތެރެއިން ފަރުވާދިނުމަށްފަހު އުމުރުން 20 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް 41 އަހަރުގެ މީހާއަށް އިތުރު ފަރުވާ ބޭނުންވާތީ އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ