އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރި ޖަލްސާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވި!

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރި ޖަލްސާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ވެގެން ދިއައީ ގުޅިފައިވާ ޕާޓީތަކާއި ސަރުކާރުގެ އެއްބައިވަންތަކަން ދައްކުވައިދިން ވަރަށް ފުރިހަމަ ޖަލްސާއަކަށެވެ. ސަރުކާރުގެ އިސްވެރިން ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

 

ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެމަފިރިކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ ދެކަނަބަލުންނާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދައުލަތުގެ ވަޒީރުން އަދި ސަރުކާރުގައި އިސްކޮށް ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއީ ފަހުގެ ތާރީޚުގައި ސަރުކާރުގެ މިހައި ގިނަ އަދަދެއްގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާކަމުގައި ފާހަގަކުރެވެއެވެ.

 

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރިން ބާއްވަމުން އައި ބައެއް ރަސްމިއްޔާތުތައް ބޭއްވުން މިހާރު ވަނީ ހުއްޓާލައިފައެވެ. ނަމަވެސް ރަސްމީ ޖަލްސާ އާއި ދުވަހާއި ގުޅިގެން ދުޢާ ކުރުން ފަދަ ކަންކަން ކުރިއަށް ގެންދެއެވެ. އަދި ކޮންމެ އަހަރަކުވެސް އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަ ޖައްސައެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް