އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ! : މުފްތީ މެންކް

އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ! : މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ތިމާ ކުރަން ބޭނުން ވެގެން އުޅޭ ކަމެއް ނުވެގެން އުޅެނިކޮށް އެކަން ކުރެވުމަށް ކޮންމެވެސް މީހެއްގެ އެހީތެރިކަން ލިބިދާނެއެވެ. އަދި އެމީހާގެ އެހީތެރިކަމާއިއެކު އެކަމެއް ފުދިގެންވެސް ހިނގައިދާނެއެވެ. މިފަދަ ހާލަތްތަކުގައި ބައެއް ފަހަރު ޤަބޫލުކުރެވިފައި އޮންނަނީ އެކަމެއް ޙާޞިލުކުރެވުނީ އެމީހާގެ ސަބަބުން ކަމަށެވެ.

 

މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެއްވެސް މީހަކަށް އަނެކަކަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ވުމަށް މިންވަރު ކުރެއްވެވުމުންނެވެ. މެދުވެރިއަކު ނުވަތަ އިތުރު މީހެއްގެ އެހީތެރިކަން އެ ލިބުނީ އެކަން ތިބާއަށް ޙާޞިލުވުމަށްޓަކައި ﷲ ތަޢާލާ އެމީހާ މެދުވެރިކުރެއްވެވުމުންނެވެ.

 

މިބަހުގެ މާނައަކީ މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ އެކަން ބަލައި ނުގަތުމެއް ނޫނެވެ. އަދި ކަމެއް ކޮށްދިން މީހާއަށް ޝުކުރުވެރި ނުވުމެއްވެސް ނޫނެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. ޝުކުރުވެރިވާން ޖެހޭނެއެވެ. ޝުކުރުވެރިވުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެކަންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

 

މިބަހުގެ މާނައަކީ ތިބާ ކުރަން ބޭނުންވެގެން އުޅޭ ކަމެއް ފުދިއްޖެ ނަމަ ނުވަތަ ޙާޞިލުކުރެވިއްޖެނަމަ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާޢަށް ޙަމްދުކޮށް އެކަލާނގެއަށް ޝުކުރުވެރިވުމެވެ. ދެން ހުރި ޝުކުރުތައް ގެންނަން ވާނީ އެއިގެ ފަހަތުންނެވެ. ނަމަވެސް މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ވަރަށް ބޮޑަށް އޮޅެމުން އަންނަ ކަމެކެވެ. ތިމާ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ ކަމެއް ޙާޞިލުކުރެވުމުން ﷲ ތަޢާލާގެ މަތިން ހަނދާނެއްވެސް ނުހުރެއެވެ. "ޝުކުރު އލްޙަމްދުލިﷲ" ބުނެލަން ހިތަށްވެސް ނާރައެވެ. އެކަމެއް ކޮށްދިން މީހާއަށް ވަރަށް ބޮޑަށް، ފަށްފަށުން ޝުކުރު އަދާކޮށްފައި ނިންމައިލަނީއެވެ!

 

މިގޮތަށް އަމަލުކުރުމަކީ އެއްވެސް ޙާލެއްގައި މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ލިބޭ ކޮންމެ ނިޢްމަތެއް ލިބެނީ ހަމަ ﷲ ތަޢާލާގެ މަތިވެރި ހަޟްރަތުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ! އެގޮތަށް އެކަން ބަލައިގަތުމަކީ ނިޢްމަތްތައް އިތުރުވަމުންދާނެ ކަމެކެވެ.  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް