އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުހައްގުން އަނިޔާ ލިބުނު ގިނަ ބައެއްގެ މައްސަލަ ރައީސް އޮފީހަށް!

ނުހައްގުން އަނިޔާ ލިބުނު ގިނަ ބައެއްގެ މައްސަލަ ރައީސް އޮފީހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހުޅުވާލި ފުރުސަތުގައި ނުހައްގުން އަނިޔާ ލިބުނު ގިނަ ބައެއްގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

އެގޮތުން ނުހައްގުން އަނިޔާ ލިބުނު ކަމަށް ބުނެ، 500 މީހެއްގެ ނަމައި ތަފްސީލް މިއަދު ވަނީ ރައީސް އޮފީހަށް ހުށައަޅާފައި އެވެ. މި މައްސަލަތައް ހުށަހަޅުއްވާފައި ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ. 

މި ކަމާއި ގުޅޭ ގޮތުން، ނާޒިމް ވިދާޅުވީ "މައްސަލަތަކުގައި ހިމެނެނީ ވޭތުވެދިޔަ ފަސް އަހަރުގެ ހައްޔަރު ލިސްޓަކާއި ކޯޓު އަމުރުތައް. އޭގެ ތެރޭގައި މޭޑޭގެ 212 މީހުންނާއި، 2012 ވަނަ އަހަރު ތިނަދޫ މައްސަލާގެ 94 މީހަކާއި، އެސްއޯއީ އިއުލާންކޮށްގެން ހައްޔަރުކުރި 100 މީހުން. އޭގެ އިތުރަށް މޭޑޭއާއި އެސްއޯއީއާއި ދެމެދު ރަށްރަށުންނާއި މާލެއިން ނުހައްގު އަދަބު ލިބުނު މީހުން" ކަމަށެވެ. 

ރައީސް އޮފީހުން މި މައްސަލަތައް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު