އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުން ފެށިގެން ޕެޑުން ޓެކްސް ނުނަގާނެ!

މިއަދުން ފެށިގެން ޕެޑުން ޓެކްސް ނުނަގާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މިއަދުން ފެށިން ޕެޑުން ޓެކްސް ނުނެގުމަށް މީރާއިން އަންގައިފިއެވެ.

މޯލްޑިވްސް އިންލެނޑް ރެވެނިޔު އޮތީރިޓީ (މީރާ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައިޟުގެ ދުވަސްވަރު އަދި ނިފާސްކަމުގެ ދުވަސްވަރު ބޭނުންކުރާ ސެނިޓަރީ ޓަވަލްއާއި ސެނިޓަރީ ޕެޑާއި، ޕޭންޓީ ލައިނާސްއާއި، ޕެޑް އަދި ޓަވެލްއާއި އެކު ބޭނުން ކުރާ ސެނިޓަރީ ބެލްޓްގެ އިތުރުން، ހައިޟުގެ ދުވަސްވަރު ބޭނުން ކުރުމަށް އުފައްދާފައި ހުންނަ އިނޓާނަލް ޑިވައިސް އިން މިއަދުން ފެށިގެން ޓެކްސް ނުނެގޭނެ ކަމަށެވެ.

މި އިސްލާހަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 24 ވަނަ އިސްލާހެވެ. މި އިސްލާހު މަޖިލީހުން ފާސްކުރުމަށްފަހު، ރައީސްުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައި ވަނަ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ޕެޑުން ނަގާ ޓެކްސް ކަނޑާލުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ވައުދުވެޥަޑައިގެން ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު