އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު އޯލް އެޓޭކުން ކާމިޔާބު ކޮށްފި

ތުއްތޮންބެ ކަޕްގެ މިއަދުގެ މެޗު އޯލް އެޓޭކުން ކާމިޔާބު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ކ. ގުރައިދޫގައި މިހާރުކުރިއަށްދާ ތުއްތޮންބެ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗު އޯލް އެޓޭކް އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

 

އެޓީމުން މި މެޗު ކާމިޔާބުކުރީ ހަޓްސިޓީ އާވާދަކޮށް 7 ލަނޑު 3 ލަނޑުންނެވެ.

 

މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އޯލް އެޓޭކް އެފްސީގެ ޖާރޒީ ނަމްބަރު 14 ޝުމޭދް ޝުޢޫން އެވެ.

 

ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާޜާތުގެ މާދަމާގެ މެޗުގައި ބައްދަލުކުރާނީ ޗެލެންޖަރސް އެފްސީ އާއި ބީޑަބްލިއުބީ އެވެ. މެޗު ފަށާނީ ހަވީރު 15:45ގައެވެ.

 

މި މަހުގެ 20 ވަނަ ދުވަހު ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި މި އަހަރު ވަނީ 6 ޓީމެއް ބައިވެރިވެފައެވެ. އެއީ ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީއެވެ.

 

މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ އެރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް