އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގްރޫޕް އޭގެ ފަހު މެޗު ކާމިޔާބުކޮށް މޮޅަކާއެކު މުބާރާތް ނިންމާލައިފި

ގްރޫޕް އޭގެ ފަހު މެޗު ކާމިޔާބުކޮށް މޮޅަކާއެކު މުބާރާތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ބ. ދޮންފަނުގައި މިހާރުކުރިއަށްދާ ' ދޮންފަނު އިންވިޓޭޝަން ކަޕް 2018 ' ގެ މިއަދު ކުޅުނު ގްރޫޕް އޭގެ ފަހު މެޗު ކާމިޔާބުކޮށް މޮޅަކާއެކު މާޅޮހުން މުބާރާތް ނިންމާލައިފިއެވެ.

 

މިއަދުގެ މެޗު މާޅޮހުން ކާމިޔާބުކުރީ ކަމަދޫ އާވާދަކޮށް 1-3 ލަނޑުން މޮޅުވެގެންނެވެ.

 

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ކަމަދޫ އިންނެވެ. މި ލަނޑު 9 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އައިމަންއެވެ. އެހެންނަމަވެސް އޭގެ 2 މިނެޓު ފަހުން، މެޗުގެ 11 ވަނަ މިނެޓުގައި މާޅޮހުގެ ޔޫސުފް ނިޔާޒު ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.

 

ފުރަތަމަ ހާފު ދެޓީމު އެއްވަރު ނަތީޖާއެއްގައި ނިންމާލުމަށްފަހު، ދެވަނަ ހާފުގައި މާޅޮހުން ފެށީ އެޓޭކިންގ ގޭމެއްގައެވެ. އެގޮތުން ކަމަދޫގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރަމުންގޮސް، 67 ވަނަ މިނެޓުގައި މުޙައްމަދު އަމީން ވަނީ ލަނޑެއް ޖަހާ މާޅޮހަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

 

މާޅޮހަށް 3 ޕޮއިންޓު ޔަޤީންކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މިއަދުގެ މެޗުގައި މޮޅުކުޅެއް ދެއްކި ޔޫސުފް ނިޔާޒެވެ.

 

މި މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް ބީގެ މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި ގޮއިދޫއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް