އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހައި ލުއިކޮށް ނަމާދުކުރެވެން އޮތް އިރު މިއުޅެނީ ދަތުރެއްގެ މަތީގަ ކަމަށް ބުނެ ނަމާދު އަޅަން ހެޔޮ ނުވާނެ-: ޑރ. އިޔާޟް

މިހައި ލުއިކޮށް ނަމާދުކުރެވެން އޮތް އިރު މިއުޅެނީ ދަތުރެއްގެ މަތީގަ ކަމަށް ބުނެ ނަމާދު އަޅަން ހެޔޮ ނުވާނެ-: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 39 ސިކުންތު

މިއީ ވަރަށް ގިނަ ބައަކު ބޮޑު ޗުއްޓީގައި ޤަުމުން ބޭރަށް ގޮސް އުޅޭ ދުވަސްވަރެކެވެ. މި ދުވަސްވަރުވެސް ނަމާދު ނުއަޅާށެވެ! ދީނުގައި ބަޔާންވެގެންވާ ލުއި ފަސޭހަ ގޮތްތައް ބޭނުންކޮށްގެންވެސް ނަމާދު ކުރާށެވެ.

 

އެގޮތުން މެންދުރު ނަމާދާއި އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢްކޮށް ޣަޞްރުކޮށް ކުރެވިދާނެއެވެ. އިސްކޮށް ކުރާނެ ގޮތަކީ މެންދުރު ނަމާދުގެ ވަގުތުގައި ފުރަތަމަ މެންދުރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. ދެރަކްޢަތް ކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ.

 

ފަސްކޮށް ޖަމްޢް ކުރާނެ ގޮތަކީ ޢަޞްރް ނަމާދުގެ ވަގުތުގައި ފުރަތަމަ މެންދުރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. 2 ރަކްޢަތް ނިންމައި ސަލާމް ދިނުމަށްފަހު ތެދުވެ ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ.

 

މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އަދި ފަސްކޮށް ޖަމްޢް ކުރެވިދާނެއެވެ. މަގްރިބް ނަމާދު ޤަޞްރު (ކުރުކޮށް) ނުކުރެވޭނެއެވެ. އެހެންކަމުން ފުރަތަމަ މަޣްރިބް ނަމާދުގެ 3 ރަކްޢަތް ކުރާނީއެވެ. މަޣްރިބް ނަމާދުގެ 3 ރަކޢަތް ކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢިޝާ ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. އެއިރުން ވާނީ އިސްކޮށް ޖަމްޢް ކުރި ކަމަށްވެ.

 

ޢިޝާ ނަމާދުގެ ވަގުތުގައި ކުރާނަމަ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތެވެ. މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢިޝާ ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. އެއިރުން ވާނީ ފަސްކޮށް ޖަމްޢްކުރި ކަމަށެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ދަތުރުވެރިޔާއަށް ހުރި ލުއި ފަސޭހަކަން ނިކަން ވިސްނައިބަލާށެވެ. މެންދުރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދުގެ 2 ރަކްޢަތާއި ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކޮށްލައިފިނަމަ ރޭގަނޑު ހޮޓަލަށް އެނބުރި އަންނާނެ އިރަކުން އައިސް މަޣަރިބް ނަމާދާއި ޢިޝާ ނަމާދު ކުރުމުގެ ފުރުބަތު އެބަލިބެއެވެ. ހަމަ އެފަދައިން ކިތަންމެ ހެނދުނާއި ހޮޓަލުން ނުކުމެގެން ދިއުމަށްފަހު އއިރު އޮއްސުމުގެ ކުރިން އައިސް މެންދުރު ނަމާދާއި ޢަޞްރު ނަމާދު އެކުގައި 2 ރަކްޢަތުން 2 ރަކްޢަތުން ކޮށްލުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.

 

މިހައި ލުއިކޮށް ނަމާދުކުރެވެން އޮތް އިރު މިއުޅެނީ ދަތުރެއްގެ މަތީގައި ކަމަށް ބުނެ ނަމާދު އަޅަން ހެޔޮވެދާނެ ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް