އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

11 ރަށެއްގެ ސަތާރަ މިސްކިތުގަ ޤުރްއާން ކްލާސްތައް ހިންގަން ފަށައިފި

11 ރަށެއްގެ ސަތާރަ މިސްކިތުގަ ޤުރްއާން ކްލާސްތައް ހިންގަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

11 ރަށެއްގެ 17 މިސްކިތުގައި ކީރިތި ޤްރްއާން ކިޔަވައިދޭ ކްލާސްތައް ހިންގަން ފަށައިފި އެވެ. މިކަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ކ. މާފުށީގައެވެ.

 

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މި ކްލާސްތައް ހިންގަނީ 3 ކެޓަގަރީއަކުން ކަމަށެވެ. އަދި ކްލާސްތައް ކުރިއަށް ގެންދަނީ ހެނދުނު 9 ން 10އަށް އަދި ހަވީރު 4 ން 5 އަށް ކަމަށާއި ކިޔަވައި ދެއްވާނީ މިސްކިތްތަކުގެ އިމާމުން ކމަށެވެ.

 

ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން މިސްކިތްތައް އެއާކޮންޑިޝަން ކުރުމުގެ ސަރވޭ ހެދުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގައި ލުއި ފަސޭހަ ގޮތެއްގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަން ބަލަންޖެހޭ ކަންކަންވެސް ބަލަމުން ގެންދާ ކަމަށެވެ.

 

މީގެ އިތުރުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކަމަށްވެސް ޑރ. އަޙްމްދު ޒާހިރު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް