އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ތޭރަ އަހަރުގެ ހާނިއާއަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލި މީހާއަށް މަރުގެ ޙުކުމް އިއްވަނީ

އުމުރުން ތޭރަ އަހަރުގެ ހާނިއާއަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލި މީހާއަށް މަރުގެ ޙުކުމް އިއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

އުމުރުން 13 އަހަރުގެ ހާނިއާއަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލި މީހާއަށް މަރުގެ ޙުކުމް އިއްވާނެ ކަމަށް މައްސލަ ބަލަމުން ގެންދާ ނޯތު ކެރޮލީނާގެ ކޯޓުން ބުނެފިއެވެ.

 

ފަނޑިޔާރު މިއަދު ބުނެފައިވަނީ މަރަށް މަރު ހިފަން ޖެހޭ ކަމަށާއި މަރާލީ އޭނާ ނޫންކަން އޭނާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާނެ ކަމަށެވެ.

 

އުމުރުން 34 އަހަރުގެ މައިކަލް ހާނިއާ އަތުލަގަތީ ހާނިއާގެ ބޮޑުދައިތަ ބުނެގެން އެސްޔޫވީގައި އޮތް އެއްޗެއް ބަލައި ގޮސް ދޮރުހުޅުވާލި ވަގުތުއެވެ. އަތުލައިގަނެ އެ ވެހިކަލަށް އަރުވައިގެން ދުރު ސަރަހައްދަކަށް ގެންގޮސް ޖިންސީ ގޯނާ ކުރުމަށްފަހު މަރައިލީއެވެ. 

 

       

 

އެމރިކާގެ ކޯޓުތަކުން މަރުގެ އަދަބު ދިނުމަށް ޙުކުމް އިއްވި ނަމަވެސް އަދި ަެމެރިކާގައި ޙުކުމް ތަންފީޒުކުރި ނަމަވެސް އިސްލާމީ ޤައުމެއްގައި މަރުގެ އަދަބު ދިނުމަކީ އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކެމެކެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް