އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ބަޖެޓު 3000 މިލިއަން ރުފިޔާއަށް އަރާއިރު 14 މިލިއަން ޚަރަދުކޮށްގެން އަހަރަކު 200 މީހުން ހައްޖަށް ފޮނުވެން ޖެހޭނެ!: ސަލީމް

ދައުލަތުގެ ބަޖެޓު 3000 މިލިއަން ރުފިޔާއަށް އަރާއިރު 14 މިލިއަން ޚަރަދުކޮށްގެން އަހަރަކު 200 މީހުން ހައްޖަށް ފޮނުވެން ޖެހޭނެ!: ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ދައުލަތުގެ ބަޖެޓު 3000 މިލިއަން ރުފިޔާއަށް އަރައި ޚަރަދުތައް ކުރަމުން ގެންދާއިރު އެިގެ ތެރެއިން 14 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަހަރަކު 200 މީހުން ހައްޖަށް ފޮނުވެން ޖެހޭނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ސަލީމް މިއަދު ވިދާޅުވީ ފަރުޟު ޙައްޖުވުމަށް ރައްޔިތުންގެ ޕެންޝަން ފަންޑުގައި އަތްލަން ޖެހިގެން ނުވާނެ ކަމަށާއި އެއަށްވުރެ ދިވެހި ސަރުކާރު މާ ފޯރުންތެރި ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ ދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށާއި އެ ނިޞްބަތުން ކޮންމެ އަހަރަކު ހައްޖަށް ފޮނުވާ މީހުންގެ އަދަދުވެސް އިތުރުކުރަން ގޮވާލައްވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ފަރުޟް ހައްޖުވުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމާއިއެކުވެސް ޕެންޝަން ފަންޑުން އެކަމަށް ޚަރަދުކުރުމަށްވުރެ ޚަރަދުކުރުން މާ މުހިން ކަންކަން އެބަހުރި ކަމަށެވެ. ސަރުކާރުން އަހަރަކު 200 މީހުން ހައްޖަށް ފޮނުވައިދޭނަމަ ޕެންޝަން ފަންޑުގައި އަތް ނުލައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ޕެންޝަން ފަންޑުން ޚަރަދުކުރަން މާ އައުލާކަން ބޮޑު ރައްޔިތުންނަށް ބޭނުންވާ އަސާސީ މާ މުހިންމު ޚިދުމަތްތައް އެބަހުރި ކަމަށާއި އެއިގެ ތެރޭގައި އާސަންދައިން ކަވަރު ނުކުރާ ބޭސްފަރުވާ ފަދަ ކަންކަން ވެސް ހިމެނޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް