އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ގޮނޑިތަކާ ބެހޭ ގޮތުން ރައީސް ޞާލިޙަށް ފެނިވަޑައިގަންނަވާގޮތް އެމްޑީޕީގެ ޤައުމީ މަޖިލީހާއި ޙިއްޞާ ކުރައްވައިފި

މަޖިލީހުގެ ގޮނޑިތަކާ ބެހޭ ގޮތުން ރައީސް ޞާލިޙަށް ފެނިވަޑައިގަންނަވާގޮތް އެމްޑީޕީގެ ޤައުމީ މަޖިލީހާއި ޙިއްޞާ ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މަޖިލީހުގެ ގޮނޑިތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގަންނަވާގޮތް އެމްޑީޕީގެ ޤައުމީ މަޖިލީހާއި ޙިއްޞާ ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިކަމަށް މަޝްވަރާ ކުރައްވާފައިވަނީ ރޭ މުލީއާގޭގައި ކުރިއަށް ގެންދިއަ ޤައުމީ މަޖިލީހުގެ ނުރަސްމީ ބަދަލުވުމުގައެވެ. ނަމަވެސް އިތުރު ތަފްޞީލެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުން މިކަމަށް މަޝްވަރާކޮށް ގޮތެއް ނިންމާނީ ދެން ބާއްވާ ޤައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމުގައެވެ. ރައީސް ޞާލިޙް ވަނީ މިކަމާއި ބެހޭ ގޮތުން ޖުމްހޫރީ ޕާޓީ އާއި އަދި އަދާލަތު ޕާޓީ އާއިވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މުލީއާގޭގައި ރޭ ބޭއްވެވުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

އެމީހުން ބުނެފައިވަނީ މުލީއާގޭގައި ޕީޕީއެމްގެ ބައްދަލުވުންތައް ބޭއްވުމުން ދެކޮޅު ހެދިބައަކު އެކަން ކޮށްގެން ނުވާނެ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވީ ހިލާލީގޭގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވަނީ މުލިއާގޭގައި ކަމަށްވާއިރު އެމަނިކުފާނު ދިރިއުޅުއްވާގޭގައި އެމަނިކުފާނު ބައަކާއި ބައްދަލު ކުރެއްވުމަކީ އެއްގޮތް ދެ ޙާލަތު ނޫންކަން ފާހަގަ ކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް