އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ގެއްލުނު 80 މިލިއަން ޑޮލަރު ގެއްލުނީ އަމިއްލައަށް ކަމަށް ބަލައި ނިންމާލެވިގެން ނުވާނެ: ޢަބްދުﷲ ރިޔާޟް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ގެއްލުނު 80 މިލިއަން ޑޮލަރު ގެއްލުނީ އަމިއްލައަށް ކަމަށް ބަލައި ނިންމާލެވިގެން ނުވާނެ: ޢަބްދުﷲ ރިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ގެއްލުނު 80 މިލިއަން ޑޮލަރު ގެއްލުނީ އަމިއްލައަށް ކަމަށް ބަލައި ނިންމާލެވިގެން ނުވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ޢަބްދުﷲ ރިޔާޟް ވިދާޅުވީ 80 މިލިއަން ޑޮލަރު ވަނީ އެމްއެމްޕީއާރުސީގެ ތެރެއިން ވަގަށް ނަގައި ބޭނުންކޮށްފައި ކަމަށެވެ.

އަދި މިއީ ރޭވިގެން ހުރިހާ ފަރާތްތަކަށް އެނގި އެކަމުގައި ބައިވެރިވެގެން ހިންގި ބޮޑު ވައްކަމެއް ކަމަށާއި ދައުލަތަށް މިފައިސާ ހޯދައިދޭން ޖެހޭނެ ކަމަށެވެ. "އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ މައްސަލައިގައި، އެމްއެމްއޭ، ބޭންކް އޮފް މޯލްޑިވްސް، އެމްއެމްޕީއާރުސީގެ އެއިރުގެ އެމް.ޑީ، ރައީސް ޔާމީން، އެއިރުގެ ޓޫރިޒަމް މިނިސްޓަރު، ކަންކަން ކުރީ ޤާނޫނާއި އެއްގޮތަށޯ! އެކަމަކު 80 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ ތެރެއިން ކާލައިފި.

މިއީ ރޭވިގެން ހުރިހާ ފަރާތްތަކަށް އެނގިގެން ބައިވެރިވެގެން ހިންގި ބޮޑު ވައްކަމެއް. ދައުލަތަށް މިފައިސާ ހޯދައިދޭން ޖެހޭނެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް