އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސައްކަތް ކުރާ އިންޑިއާ މީހުންގެ ހާލަތު ރަނގަޅު ކުރަން ރާއްޖެ ތައްޔާރު - ޝާހިދު

މަސައްކަތް ކުރާ އިންޑިއާ މީހުންގެ ހާލަތު ރަނގަޅު ކުރަން ރާއްޖެ ތައްޔާރު - ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ދިރިއުޅުމުގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅުކޮށްދޭން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ އޮފް ފޮރެން އެފެއާޒް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

 

ދެ ގައުމުން ކުރިއަށް ގެންދާ "މޯލްޑިވްސް-އިންޑިއާ ކޮންސިއުލާ ޓޯކްސް" ގެ ވާހަކަތަކުގެ ދެވަނަ ބުރު ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ މީހުންގެ ޝަކުވާތައް އަޑުއައްސަވައި އެކަންތައް ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

"ރާއްޖޭގައި ދިރިއުޅެ، އަޅުގަނޑުމެންގެ ދިރިއުޅުމާއި އިގުތިސާދާއި ތަރައްގީގައި ބައިވެރިވާ އެތައް ހާސް އިންޑިއާ މީހުންގެ ދިރިއުޅުން ރަނގަޅުކުރަން މަސައްކަތްކުރަން މިތިބީ ތައްޔާރަށް. އަޅުގަނޑުމެން މިތިބީ ކަންބޮޑުވުންތައް އަޑު އަހައި، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަން ކަމާ ބެހޭ ފަރާތްތަކާ އެކުގައި މަސައްކަތްކުރަން،" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

 

ކޮންސިއުލާ ޓޯކްސްގެ ނަމުގައި ބާއްވާ މި މަޝްވަރާތަކުގެ ބޭނުމަކީ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އެކި ބޭނުންތަކުގައި އެއްގައުމުގެ މީހުން އަނެއް ގައުމުގައި ދިރިއުޅޭ އިރު ކުރިމަތިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ