އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމަށްފަހު މާލެ ދަތުރުކުރި ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން މާލެ ގެނެސްފި

މަސްވެރިކަމަށްފަހު މާލެ ދަތުރުކުރި ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން މާލެ ގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

މަސްވެރިކަމަށްފަހު މާލެ ދަތުރުކުރި "ޓޮޕާޒް" ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 09:25 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 45 އަހަރުގެ ދިވެއްސެކެވެ. މި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްދީފައިވަނީ ބަނޑުގައި ރިއްސާ އުނދަގޫތަކެއް ވާތީ ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުން ކަމަށް އެމްއެންޑީއެފް މައުލޫމާތު ދިނެވެ.

މި ހާދިސާގައި ހާލު ބޮޑުވި މީހާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަވެއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ