އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޕީ ކަޕްގެ ފައިނަލަށް ހިރިލަންދޫ އާއި ވަންދޫ.. ފައިނަލް މެޗު މި މަހުގެ 14ގައި

އެމްޕީ ކަޕްގެ ފައިނަލަށް ހިރިލަންދޫ އާއި ވަންދޫ.. ފައިނަލް މެޗު މި މަހުގެ 14ގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ކިނބިދޫ ދާއިރާގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ 'އެމްޕީ ކަޕް 2018' ފައިނަލަށް ހިރިލަންދޫ އާއި ވަންދޫ ދަތުރުކޮށްފިއެވެ.

 

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީވެސް މި ދެޓީމެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ މުބާރާތް ބާއްވާ ރަށް ވަންދޫއެވެ.

 

މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ހިރިލަންދޫންނެވެ. މި ގޯލް މެޗުގެ 5 ވަނަ މިނެޓުގައި މިންވާލް ޖަހާފައިވަނިކޮށް މެޗުގެ 17 ވަނަ މިނެޓުގައި ވަންދޫއަށް ނަތީޖާ އެއްވަރުވީ ހިރިލަންދޫގެ އަކްރަމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

 

އެހެންނަމަވެސް 21 ވަނަ މިނެޓުގައި ވަންދޫއަށް ލިބުނު ޕެނަލްޓީއަކުން ޙަސަން ޝަހީލް ވަނީ ވަންދޫއަށް ލީޑު ނަގައިދީފައިވާ އިރު، އޭގެ 5 މިނެޓު ފަހުން ޔޫސުފް ނިޔާޒްގެ ގޯލާއެކު ވަންދޫ އިން އިތުރަށް ލީޑު ފުޅާކުރި އެވެ.

 

މެޗުގައި ހިރިލަންދޫން ޖެހި ދެވަނަ ގޯލް މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މޫސާ ފަޔާޒް އެވެ.

 

މި ނަތީޖާއާއެކު ފައިނަލުގެ ޖާގައެއް ހިރިލަންދޫއަށް ލިބުނީ ގޯލުގެ ތަފާތުން ކިނބިދޫއަށްވުރެ ކުރި ލިބުމުންނެވެ.

 

ޕޮއިންޓު ތާވަލުގެ ދެވަނައިގައި  އޮތް ހިރިލަންދ އާއި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ކިނބިދޫއަށްވެސް ވަނީ 7 ޕޮއިންޓު ލިބިފައެވެ. އެހެންނަމަވެސް ހިރިލަންދޫއަށް ފައިދާ 5 ގޯލް ލިބޭއިރު، ކިނިބިދޫގެ ފައިދާ ގޯލެއް ލިބިފައެއް ނުވެއެވެ.

 

ފައިނަލަށް ވަންދޫ ދަތުރުކުރީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ.

 

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރ މަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު އެވެ.

 

މި ދެޓީމު މިހާތަނަށް ވަނީ އެމްޕީ ކަޕްގެ 3 ފައިނަލެއްގައި ވާދަކޮށް، ކޮންމެ ޓީމެއް އެއްފަހަރު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

 

އެމްޕީ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައްވާ ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން އެދާއިރާގެ 5 ރަށުގެ ތެރެއިން ކޮންމެ އަހަރަކުވެސް މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. އަދި މިއީ އެގޮތުން މި މުބާރާތް ބާއްވާ ފަހު އަހަރެވެ.

 

މިއަހަރުގެ މުބާރާތް ވަންދޫގައި ބާއްވާ އިރު، ފުރަތަމަ މުބާރާތް ކިނބިދޫގައި ބާއްވާ އެ މުބާރާތް ކާމިޔާބުކޮށްފައިވަނީވެސް ކިނބިދޫއެވެ. ދެވަނަ މުބާރާތް ހިރިލަންދޫގައި ބޭއްވި އިރު، އެ މުބާރާތް ކާމިޔާބުކުރީ ހިރިލަންދޫއިންނެވެ. އަދި ތިންވަނަ މުބާރާތްވެސް ބޭއްވީ ހިރިލަންދޫގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަންދޫއެވެ. ހަތަރުވަނަ މުބާރާތް ވަންދޫގައި ބާއްވާފައިވާ އިރު، ޗެމްޕިއަންއަކީ ކިނބިދޫއެވެ.

 

މިއަހަރުގެ މުބާރާތް ހިރިލަންދޫ ކާމިޔާބު ކޮށްފިނަމަ އެމްޕީ ކަޕްގެ އެންމެ ކާމިޔާބު ޓީމުގެ ލަޤަބު އެޓީމަށް ލިބޭނެއެވެ. އަދި ވަންދޫ ކާމިޔާބުކޮށްފި ނަމަ، ދެވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލާ، ހިރިލަންދޫ އަދި ކިނބިދޫއާ އެއްހަމައަކަށް މުބާރާތް ކާމިޔާބުކުރުމުގެ ޝަރަފް ލިބޭނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް