އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ޚާއްޞަ އެޑްވައިޒަރަކަށް ޑރ. ޝަހީމް!

އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ޚާއްޞަ އެޑްވައިޒަރަކަށް ޑރ. ޝަހީމް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)ގެ ސެކެޓްރީ ޖެނެރަލްގެ ޚާއްޞަ އެޑްވައިޒަރުކަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ހުށަހަޅައިފިއެވެ. އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) އަކީ ދިވެހިރާއްޖެވެސް ބައިވެރިވާ، 58 މުސްލިމް ޤައުމު ހިމެނޭ މުސްލިމް ޤައުމުތަކުގެ ޖަމާޢަތެކެވެ. މައި އޮފީސް ހުންނަނީ ސައުދިއަރަބިޔާގެ ޖިއްދާގައެވެ.

ޑރ. ޝަހީމް އަކީ އޯއައިސީ އާއި އެހެންވެސް ގިނަ އަދަދެއްގެ މުސްލިމް ޖަމިއްޔާތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް ސައުދިޢަރަބިޔާގެ އިސްވެރިންނާއިއެކު އެމަނިކުފާނު ގެންދަވަނީ ޚާއްޞަގުޅުމެއް ބާއްވަވަމުންނެވެ. ޑރ. ޝަހީމް ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައި ޚިދުމަތް ކުރައްވައި އަދި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސަރުކާރާއި ރައީސް ޔާމީނުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވައި ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދއްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި ޗާންސެލަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

ޑރ. ޝަހީމް ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގަތީ ރައީސް ޔާމީނުގެ ވެރިކަން ނިމުމުންނެވެ. ޑރ. ޝަހީމް ވަނީ ރައީސް ޔާމީނުގެ ރަނިންގމޭޓްކަން ޤަބޫލުފުޅުކުރައްވައި ކެންޕޭނުގައި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް