އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައު ސަފީރުންނަށް މަޖިލިހުން ރުހުން ދީފި

އައު ސަފީރުންނަށް މަޖިލިހުން ރުހުން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، ބައެއް އެހެން ގައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި އެކު ޖުމްލަ އަށް ބޭފުޅަކަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން އެކަން ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތީ ކޮމެޓީ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ބޭފުޅުން ހޮވަން ފެންނަކަމަށް މަޖިލިހުން މިއަދު ރުހުން ދީފިއެވެ.

 

އައު ސަފީރުންގެ ގޮތުގައި ނަން ފޮނުވާފައިވާ ކޮންމެ ބޭފުޅަކަށްވެސް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ.

 

އެގޮތުން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، އެމެރިކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފާސްކޮށްފައިވަނީ ތިލްމީޒާ ހުސައިންގެ ނަމެވެ. އަދި ބްރަސަލްސްގެ ސަފީރަކަށް ގ. ފިޔާތޮށިގޭ ހަސަން ސޯބިރު އާއި އިންޑިއާގެ ސަފީރަކަށް ހ. ދޫރިހާ އާއިޝަތު މުހައްމަދު ދީދީ އާއި، ލަންކާގެ ސަފީރަކަށް ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގް އައްޔަން ކުރުމަށް ވަނީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

 

މީގެއިތުރުން ސިންގަޕޫރުގެ ސަފީރަކަށް ދަފްތަރު ނަންބަރު 4336 ޑރ. އަބްދުﷲ މައުސޫމް އާއި ޖަރުމަނު ސަފީރަކަށް ހ. ސީވީޑް، އަހުމަދު ލަތީފް އަދި އިނގިރޭސި ވިލާތުގެ ސަފީރަކަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒް ފައިސަލް އައްޔަނު ކުރަން ފާސްކޮށްފައިވާއިރު ލޭޝިއާގެ ސަފީރަކަށް ހ. އާޒާދެވާދީ، ވިސާމް އަލީ އައްޔަން ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ