އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުދު ކަރުދާސް ވޮލިއުމް 2ގެ ފުރަތަމަ އަދަދު ޝާއިޢުކޮށްފި

ހުދު ކަރުދާސް ވޮލިއުމް 2ގެ ފުރަތަމަ އަދަދު ޝާއިޢުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ކޮރަޕްޝަނުގެ ސަބަބުން ދައުލަތުގެ އެކިދާއިރާތަކަށް ކުރިމަތިވާ ގެއްލުމާއި ހިރާސް މުޖުތަމަޢަށް އަންގާދީ ކަމާބެހޭ އިދާރާތަކަށާއި އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރެން ފަށާފައިވާ “ހުދު ކަރުދާސް” ސިލްސިލާގެ ވޮލުމް 2ގެ ފުރަތަމަ ނަންބަރު މިއަދު (10 ޑިސެމްބަރ 2018) ގައި ޝާއިޢު ކޮށްފިއެވެ. މި ހުދު ކަރުދާސް ނެރެދެއްވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހޯލުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ކޮމިޝަންގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ.

މިސިލްސިލާގެ ދަށުން އޭސީސީއިން މިފަހަރު ނެރުނު ކަރުދާހުގެ މައުޟޫޢަކީ “ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ވަގުފާރިއާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން”އެވެ. އޭސީސީގެ މި ހުދު ކަރުދާސް ބިނާކޮށްފައިވަނީ އިމިގްރޭޝަން ދާއިރާއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ކޮރަޕްޝަން ރިސްކް އެސެސްމެންޓް “އިމިގްރޭޝަން ނިޒާމުގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތް” ގެ މައްޗަށެވެ. މި ދިރާސާގެ މައިގަނޑު ހޯދުންތަކުގެތެރޭގައި އަތޮޅުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ޤާނޫނާ އެއްގޮތަށް ކައުންސިލްތަށް ބެލެހެއްޓިފައިނުވާ މައްސަލައާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިން ޖޫރިމަނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިނުވާ މައްސަލައާއި، ކޯޓާ ދޫކުރުމުގެ ކަންކަމާގުޅޭ ރެކޯޑުތައް ހަރުދަނާ ނިޒާމެއްގެ ދަށުން ދެފުއް ފެންނަގޮތަށް ބެލެހެއްޓިފައިނެތުމާއި އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިމިގްރޭޝަންގެ ސިސްޓަމްތައް އިންޓެގްރޭޓް ކުރެވިފައި ނުވުން ހިމެނެއެވެ. މިކަރުދާސް މިހާރު އޭސީސީގެ ވެބްސައިޓުގައިވަނީ ޝާއިޢު ކުރެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ