އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމުގެ މައްސަލައެއްގަ ޑޮކްޓަރަށް ދެއްކުމުން ބުރުގާ ނަގައިގެން ނޫނީ ދެން ނާންނަން ބުނި ޑޮކްޓަރުގެ އަނބިމީހާއަށް ހަމުގެ ކެންސަރު ޖެހިއްޖެ

ހަމުގެ މައްސަލައެއްގަ ޑޮކްޓަރަށް ދެއްކުމުން ބުރުގާ ނަގައިގެން ނޫނީ ދެން ނާންނަން ބުނި ޑޮކްޓަރުގެ އަނބިމީހާއަށް ހަމުގެ ކެންސަރު ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

މާދިލާ ޑޮކްޓަރަށް ދެއްކީ ކަނދުރާގައި ރަތްކުލައިގެ ލައްތަކެއް ޖަހަން ފެށުމުންނެވެ. ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ހުސްވިއިރު ވެސް ރަނގަޅު ނުވާތީ އަލުން ދެއްކުމުން ބޭސް ބަދަލުކުރުމަށްފަހު ބުނީ ކުރިންވެސް ބުރުގާ ނަގަން ބުނެފައިވާނެ ކަމަށާއި ބުރުގާ ނެގުމަށްފަހު ނޫނީ ދެން އޭނާކިބައިން ފަރުވާ ހޯދަން އައިސްގެން ނުވާނެ ކަމަށެވެ.

 

މާދިލާ ޤަޞްދުކުރީ ބުރުގާ ނަގާކަށް ނޫނެވެ. އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ. އެގޮތުން ދެއްކި ޑޮކްޓަރު ދިން ބޭހުން ވަނީ ބަލި ރަނގަޅުވެފައެވެ. ބުރުގާ ނަގާކަށް ނުޖެހުނެވެ.

 

އެއިގެ އަހަރެއްހައި ދުވަސްފަހުން ކެންސަރު ޖެހިގެން ހޮސްޕިޓަލުގައި އޮވެ ފަރުވާ ހޯދަމުން ދިއަ ބަލި މީހަކަށް ގޮވާލަން މާދިލާ ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް އޭނާ ގާތު ބުރުގާ ނަގަން ބުނި ޑޮކްޓަރާއި ބައްދަލުވިއެވެ. ޑޮކްޓަރުގެ ފުރަތަމަ ސުވާލަކަށްވެސް ވީ މިހާރު ކަރު ރަނގަޅު ވެއްޖެތޯއެވެ؟

 

މާދިލާ ބުނީ މާތްﷲގެ ވާގިފުޅާއިއެކު ބަލި އެކުގައި ރަނގަޅުވެްޖެކަމަށާއި ބުރުގާ ނަގަން ނުޖެހުނު ކަމަށެވެ. ޑޮކްޓަރު ހޮސްޕިޓަލުގައި ކުރައްވަނީ ކީއްތޯ ސުވާލުކުރުމުން ޑޮކްޓަރު ބުނީ އޭނާގެ އަންހެނުންނަށް ހަމުގެ ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށް ކަމަށެވެ.

 

 ޑޮކްޓަރުގެ އަނބިމީހާއަކީ ބުރުގާ އަޅާ އަނަހެނެއް ނޫނެވެ.

 

މިއީ މިޞުރުގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މި ވާހަކަތައް ލިޔެފައި ބުނެފައިވަނީ ޑޮކްޓަރަކު ބުރުގާ ނަގަން ބުނި ނަމަވެސް އެކަން ކުރަންވާނީ އިތުރު ޑޮކްޓަރުންގެ ލަފާ ހޯދުމަށްފަހު އެހެން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ ކަމަށެވެ. އަދި ބުރުގާ ނަގަން ޖެހިގެން ނެގި ނަމަވެސް ބޭރަށް ނުކުމެ އުޅެންވާނީ ކޮންމެވެސް ތުނި ފޮތްޗަކުން ނަމަވެސް ނިވާވެގެން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް