އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިންނަށް ހަމަ އަގު ހޯދަދިނުމަށް އިނގިރޭސިވިލާތާ އީޔޫ އާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރަނީ

މަސްވެރިންނަށް ހަމަ އަގު ހޯދަދިނުމަށް އިނގިރޭސިވިލާތާ އީޔޫ އާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު

މަސްވެރިންނަށް ހަމަ އަގު ހޯދަދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިނގިރޭސިވިލާތާއި އީޔޫ އާއިއެކު ފްރީޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ގަ. ގެމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ މިސަރުކާރުން ވަރަށް އިސްކަންދީގެން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަވަށްޓެރި ޤައުމުތަކުން އެޤައުމުތަކަށް ބާނާ މަސް 0 ޓެރިފްގައި އެއްވެސް ޑިޔުޓީއެއް ނެތި އެކްސްޕޯޓްކުރަމުން ގެންދާއިރު ރާއްޖޭގެ މަހަށް 22 އިންސައްތައިގެ ޑިޔުޓީއެއް ދައްކަން ޖެހިފައިވާ ކަމަށެވެ. "މިއީ ރާއްޖެ ފަދަ ނާޒުކު ޤައުމަކަށް ތަޙައްމަލު ކުރެވޭވަރުގެ ކަމެއް ނޫން. ބައިނަލްއަޤްވާމީ ބާޒާރުގައި މިއަށްވުރެ ފަހި ގޮތްތައް ރާއްޖެއަށް ހަމަޖެހެންވާނެ."

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކޮށްގެން ހައްލު ނުކުރެވެންވީ މައްސަލައެއް ނޫން ކަމަށެވެ. "މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސިވިލާތާ ޔޫރަޕްގެ އިއްތިހާދާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުން. އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ."

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބައިނަލްއަޤްވާމީ މަހުގެ ސިނާއަތަށް އައިސްފައިވާ ބަދަލުގެ ސަބަބުން ރާއްޖޭގެ މަހަށް ލިބެމުން އައި ޕްރީމިއަމުން ބޮޑު ބައެއް މިހާރު މިވަނީ ގެއްލިފައި ކަމަށެވެ. އަދި އެކަމަށް އޮތް ހައްލު ހޯދަން މަސްގަންނަ ފަރާތްތަކާއިއެކު މިވަނީ ގިނަ މަސައްކަތްތަކެއް ފަށަން ޖެހިފައި ކަމަށެވެ. އަދި އެމަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުމުން މަސްވެރިކަމުގެ ސިނާޢަތް އުވިގެންދާނެ ކަމަށް ކުރިން ޤަބޫލުކުރެވުނު ނަމަވެސް އެކަން އެގޮތަށް ނުވިކަމަށާއި ނުވެސް ވާނެ ކަމަށެވެ. "އަޅުގަނޑުމެންނަކީ މަސވެރިންގެ ދަރިން. އެ ޒިންމާ އަޅުގަނޑުމެން އަދާކުރާނަން. މިކަނޑުތަކުގެ ރޯދި ބަރަކާތް އިރާދަކުރެއްވިއްޔާ އަބަދުވެސް އަޅުގަނޑުމެންނާއިއެކުގައި ވާނެ. މަސްވެރިކަމަށް ފާގަތިކަމާއި ކުރިއެރުން އަޅުގަނޑު އެދެން."

 

ބައިނަލްއަޤްވާމީ ގުޅުން ބަދަހިކޮށް މަސްވެރިންނަށް ހަމައަގު ހޯދަދޭނަން: ރައީސް ޞާލިޙް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް