އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެތެރޭގެ އުދުހުންތަކުގެ ހެޔޮ އަގުތައް ދެ ދުވަހެއް ތެރޭގައި އިއުލާނު ކުރަނީ

އެތެރޭގެ އުދުހުންތަކުގެ ހެޔޮ އަގުތައް ދެ ދުވަހެއް ތެރޭގައި އިއުލާނު ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތް ނިންމާލެވި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަގުތައް އިއުލާނު ކުރެވޭވަރު ވާނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

 

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ 100 ދުވަސް ތެރޭ ފުއްދަވާނެ ކަމަށް ވިދާޅުވި އެއް ވައުދެވެ.

 

މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ 60 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ އެމަސައްކަތް އެއްކޮށް ނިންމާލެވި އިއުލާނު ކުރެވޭވަރު ވާނެކަމަށެވެ.

 

މިނިސްޓަރ ނަހުލާ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ ހެޔޮ އަގު އިއުލާނު ކުރެވުނު ނަމަވެސް އެއާލައިންތަކުގެ ސިސްޓަމްތަކަށް ބަދަލުގެނެސް ހެޔޮ އަގަށް އަމަލު ކުރުމަށް ތިން ހަފްތާވަރު ނަގާނެކަމަށް ބެލެވޭކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ