އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖުން ފީ ނެގުމާމެދު އަދި ވަކި ގޮތެއް ނުނިންމާ - ޓްރާންސްޕޯޓް މިނިސްޓަރ

ބްރިޖުން ފީ ނެގުމާމެދު އަދި ވަކި ގޮތެއް ނުނިންމާ - ޓްރާންސްޕޯޓް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ސިނަމާލެ ބްރިޖުން ފީ ނެގުމާއިމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ބުރިޖުން ފީ ނެގުމާއިމެދު މިހާރު މަޝްވަރާ ކުރެވެމުން ދާކަމަށެވެ.

 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އެޅި ސިނަމާލެ ބްރިޖުން ފީ ނެގުމަށް  އެސަރުކާރުގައިވަނީ މީގެކުރިން ނިންމާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލު ހާހަކުރާނީ ރިޔާސީ އިންތިހާބަށްފަހުކަމަށް އޭރު ސަރުކާރުންވަނީ ބުނެފައެވެ.

 

ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބީއާއި ކުރިމަތިވުމުން އޭރުގެ ސަރުކާރުން ބުނެފައިވަނީ ބްރިޖުން ފީނެގުމާއިގުޅޭ ކަންކަން ނިންމުމަށް ދޫކޮށްލާނީ އާ ސަރުކާރަށް ކަމުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ