އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިންނަށް ދަރަނި އަދާކުރަން 68 މިލިއަން ރުފިޔާ ދީފިން، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން: ރައީސް ޞާލިޙް

މަސްވެރިންނަށް ދަރަނި އަދާކުރަން 68 މިލިއަން ރުފިޔާ ދީފިން، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

މަސްވެރިންނަށް މިފްކޯއިން ދަރާ އޮތް ދަރަނި އަދާކުރަން 68 މިލިއަން ރުފިޔާ މިހާރު ވާނީ ދޫކުރައްވާފައި ކަމަށާއި މިފްކޯ މިހާރު އޮތް ހާލަތު ބަދަލުކޮށް ފައިދާވާ ކުންފުންޏަކަށް ދޮޅު އަހަރު ތެރޭ ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

މަސްވެރިންގެ ދުވަސް ފާހަގަކުރަން މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބާނާ މަހަށް ރަނގަޅު އަގު ލިބެނީ ވެސް އަދި ފަސޭހައިން މާކެޓް ލިބެނީ ވެސް ދަޅުގައި ބަންދުކުރުން ފަދަ ގޮތްގޮތަށް އުފެއްދުންތެރިކަމުގެ ތެރެއިން ކަމަށާއި އެކަން ކުރުމަށް ދައުލަތުގެ މަސްކުންފުނި، މިފްކޯގެ ކެޕޭސިޓީ ބޮޑުކުރެވޭނެ ގޮތްތަކަށް ސަރުކާރުން އަންނަނީ ވިސްނަމުން ކަމަށެވެ.

 

"ރޯމަހަށް (ފިނިކުރިމަހަށް) ވުރެ ރަނގަޅުގަނޅު އަގު ލިބެނީ ދަޅުގައި ބަންދުކުރުމުން. ގިން ޤައުމުތަކުން މާކެޓް ލިބެނީ ވެސް ދަޅުމަހަށް. އެހެންވީމާ ދަޅުގައި މަސް ބަނދުކުރާ މިންވަރު އިތުރު ކުރުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ކަމެއް. މިފްކޯގެ ޙާލަތު ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފަ. އެގޮގޮތަށް ގެއްލުމުގަ ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި އެއީ މަސްވެރިކަމުގެ ސިނާއަތަށް އެންމެ މަންފާހުރި ގޮތެއްވެސް ނޫން."

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މިފްކޯއަކީ ފައިދާ އާއިއެކު ހިންގާ ކުންފުންޏަކަށް ހެދުން ކަމަށާއި އެކަމަށް މިހާރުވެސް ދަނީ މަޝްވަރާތައް ކުރަމުން ކަމަށެވެ. އަދި ކިރާ މަހަށް ވަގުތުން ފައިސާ ނުލިބުމަކީ މަސްވެރިންނަސް އޮތް އެންމެ ބޮޑު އެއް ދަތި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށާއި އެކަމަށް އިތުރު އިންވެސްޓްމަންޓްތައް ހަދަން ޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް