އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެމެންގެ ގެތައް ހުރީ މަރުގެ މަލާއިތަކުންނަށް މަރުޙަބާ ކިޔޭ ގޮތަށް ހެއްޔެވެ؟

އަހަރެމެންގެ ގެތައް ހުރީ މަރުގެ މަލާއިތަކުންނަށް މަރުޙަބާ ކިޔޭ ގޮތަށް ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

މަރުގެ މަލާއިކަތުން އަހަރެމެންނަށް ޒިޔާރަތް ކުރާނީ ކޮން ވަގުތަކު ކަމެއް ނުއެނގޭނެއެވެ. ވަޑައިގަންނަވާނީ ކިތައް މަލާއިކަތުން ކަމެއް ވެސް ނުއެނގޭނެއެވެ. މަރު ހިއްޕަވާނީ މަރުގެ މަލާއިކަތާއެވެ. ނަމަވެސް އަރިއަހުގައި ތިއްބަވާނީ ކިތައް މަލާއިކަތުންކަން ހަމަ އެއްގޮތަކަށްވެސް ނުއެނގޭނެއެވެ. އެހެންކަމުން އަހަރެމެން ތިބެން ޖެހޭނީ ވެސް އަދި އަހަރެމެންގެ ގެތައް ހުންނަން ޖެހޭނީ ވެސް މަލާއިކަތުން ކޮންމެ ވަގުތަކު ވަޑައިގެންނެވި ނަމަވެސް މަރުހަބާ ދެންނެވޭ ގޮތަށެވެ.

 

ގެއަށް ޒިޔާރަތް ކުރަން އަންނަ މެހްމާނުންނަށް މަރުހަބާ ކިޔަން އަހަރެމެން އަބަދުވެސް މިތިބެނީ ތައްޔާރަށެވެ. އެމީހެއްގެ ފެންވަރުން ގޭތެރެ ޒީނަތްތެރިކޮށްފައި މިބަހައްޓަނީ އެހެންވެގެންނެވެ. ލިބުނު އެންމެ އަގު ބޮޑު ސޯފާ ސެޓް ސިޓިންގ ރޫމްގައި މި ބަހައްޓަނީ ވެސް އެހެންވެގެންނެވެ.

 

ސުވާލަކީ މި ހުރިހާ ކަންކަން މިހެން ކުރާއިރުވެސް އަހަރެމެން ދިރިއުޅޭ ގެތައް ހުރީ އަހަރެމެންގެ މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުންނަށް މަރުހަބާ ދަންނަވަން ތައްޔާރަށް ހެއްޔެވެ؟ އެކަމަށް އަގު ބޮޑު ސޯފާސެޓެއް ބޭނުމެއް ނުވާނެއެވެ. ފިނިކުރަން އެއާކޮންޑިޝަނެއް ވެސް ބޭނުމެއް ނުވާނެއެވެ.

 

ބޭނުންވާނީ ގެއަކީ އެންމެހައި ހަރާމް ތަކެތިންނާއި ހަރާމް ކަންކަމުން (ޙަރާމް ކަންކަން ކުރުމުން) ސަލާމަތްވެގެންވާ ތަނަކަށް ހެދުމެވެ. އަދި ގެއަކީ އެގެއެއްގައި ﷲ ތަޢަލާގެ ކަލާމްފުޅު މަތިވެރިކުރާ، ﷲ ތަޢާލާއަށް ޛިކްރް ކުރާ ގެއަކަށް ހެދުމެވެ. ނަމާދުކުރުމާއި އެނޫންވެސް ހެޔޮ އަމަލުތައް ކުރާ ގެއަކަށް ހެދުމެވެ.

 

އަބަދުވެސް ތިބެން ޖެހޭނީ މިކަންކަން ކަށަވަރުކޮށްގެންނެވެ. އެހެނީ ބޭރުން އަންނަ މެހްމާނުން ގެއަށް އަންނާނެ ވަގުތު ކުރިން އެނގުނު ނަމަވެސް މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ވަޑައިގަންނަވާނީ ކޮން ވަގުތަކުކަން ނުއެނގޭތީއެވެ.

 

އަދިވެސް ބުނަން ހެއްޔެވެ؟ ދުނިޔޭގައި ދިރިއުޅުމަށްޓަކައި އަހަރެމެންނަށް އަބަދުވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އިންތިހާއަށް ވަނީ ބޭނުންވެގެންނެވެ. ރަހްމަތުގެ މަލާއިކަތުންނަށް މަރުހަބާ ދެންނެވޭނީ ވެސް ހަމަ މިގޮތަށް ކަންކަން ބަހައްޓައިގެންނެވެ. ރަހްމަތުގެ މަލާއިކަތުން ގޭގެއަށް ވަދެވަޑައިގަންނަވާނީ އެބޭކަލުންނަށް ވަދެވަޑައިގެންނެވޭ ގޮތަށް ގޭތެރޭގެ ހާލަތު ހުރި ނަމައެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް