އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައިދެއްވާނަމަ އެދެނީ މީސްތަކުން ގާތު ނަމާދުކުރަން ބުނެވޭނެ ވަޒީއެއް ހަމަޖައްސަވައި ދެއްވުން": މަޖުދީ

"އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައިދެއްވާނަމަ އެދެނީ މީސްތަކުން ގާތު ނަމާދުކުރަން ބުނެވޭނެ ވަޒީއެއް ހަމަޖައްސަވައި ދެއްވުން": މަޖުދީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ޢުމްރާއިން އެނބުރި ވަޑައިގެންނެވިތާ 3 ދުވަސްތެރޭ ދުނިޔެ ދޫކުރެއްވި މުހައްމަދު މަޖުދީ އިބްރާހީމް އއ. މާޅޮސް އަސްރަފީގެ (މާޅޮހު މަޖުދީ) ގެ ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތުކޮޅުގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅުތަކެކެވެ.

ސަރުކާރުގައި ދިގު މުއްދަތެއްގައި ވަރަށް ވަފާތެރިކަމާއިއެކު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އަދި ފެހި ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ މަޖްދީއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގައި ސިޔާސީ މަޤާމެއް ލިބިވަޑައިގަތުން ވަރަށް ކައިރި ބޭފުޅެކެވެ.

އެހެންކަމުން މަޖްދީ އެދިވަޑައިގަންނަވަމުން ގެންދަވާފައި ވަނީ ކޮންމެ ނަމެއް ކިޔާފައި ނަމަވެސް "މީސްތަކުން ގާތު ނަމާދުކުރަން" ވިދާޅުވެ އެކަމަށް ބާރު އެޅުއްވޭނެ މަޤާމެއް ހަމަ ޖައްސަވައި ދެއްވުމަށެވެ. ޖުމްހޫރީ ޕާޓީގެ ދީނީ ކަންތައްތަކާއި ބެހޭ ކޮމިޓީގައި ހުންނަވައިގެންވެސް މެންބަރުންނަށް އެންމެ ބޮޑަށް ބާރު އެޅުއްވި އެއްކަމަކީ ވަގުތު ޖެހުމުން ނަމާދުކުރުމަށެވެ.

އެންމެ ގިނައިން ދެއްވި އެއް ނަޞޭޙަތަކީ ކުރާ ކޮންމެ ޢަމަލެއް ކުރާއިރުވެސް ﷲ ތަޢަލާ ބައްލަވައި ވޮޑިގެންވާކަން ހިތުގައި ބާއްވައިގެންހުރުމަށާއި ކޮންމެ އަމަލެއް ކުރުމުގައިވެސް އިޚްލާޞްތެރިވުމަށެވެ. މަޖްދީ އަވަހާރަވި ރޭ އިރާކޮޅު ޖޭޕީގެ އޮފީހުގައި އުޅުއްވައި އެރޭ ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގަތުމުގެ ކުރިން އެންމެންނާއި ވަކިވަކިން ސަލާމް ކުރެއްވީ ޖީބުން އަތަރުފުޅިއެއް ނަންގަވައި އަތްޕުޅުގައި އަތަރު ލައްވައިގެން ހުންނަވައެވެ. ކޮންފަދަ ބޮޑު އިއްތިފާޤެއްތޯ އެވެ؟ އަވާހަރަވީ އެ ރޭ މެނަދަމުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. މަޖްދީ އަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވައި އިރްޝާދު ދެއްވަމުން ގެންދެވި ބޭފުޅެކެވެ.

ދާދިފަހުން އެއްރޭ މަޣްރިބް ނަމާދު ނިމިގެން ފޭބުމުގައި މީހަކު ނަމާދަށް ހުރި މީހެއްކެ ކުރި ކެނޑުމުން ވަގުތުން ކަންބޮޑުވުން ފައުޅުކުރައްވައި އެކަމާއި ގުޅޭ ޙަދީޘްފުޅުތަކުގެ އަލީގައި ނަޞޭހަތް ދެއްވިތަން ވެސް ވަނީ ފެނިފައެވެ. މަޖުދީ ދުނިޔެ ދޫކުރެއްވުމުން މާފަންނު ބޮޑުގޭ ވަގުތީ މިސްކިތަށް ގެއްލިގެން އެދިއައީ އެ މިސްކިތުގެ އެންމެ މުހިންމު އަހުލުވެރިންގެ ތެރެއިން އަހުލުވެރިއެކެވެ. ޚަބަރުގައި އެވާ ފޮޓޯ އަކީ މަޖްދީ އަވަހާރަވި ދުވަހުގެ ހަވީރު މިއަދުނޫހުން ނަގާފައިވާ ފޮޓޯއެކެވެ. އެހެންކަމުން މިއީ މިއަދުނޫހަށް ލިބިފައިވާ މަޖްދީގެ އެންމެ ފަހު ފޮޓޯއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް