އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ކޮންފަރެންސްތައް ބޭއްވުމުން ރާއްޖެއަށް ބޮޑެތި ފައިދާތައް ކުރާނެ- ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނަން: ޤާސިމް އިބްރާހީމް

ބޮޑެތި ކޮންފަރެންސްތައް ބޭއްވުމުން ރާއްޖެއަށް ބޮޑެތި ފައިދާތައް ކުރާނެ- ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނަން: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ބޮޑެތި ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމުން ރާއްޖެއަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށާއި ރާއްޖެއަށް ފައިދާކުރާނެ އެފަދަ ކަންކަމަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފައުޕްކާ)ގެ 45 ވަނަ މަހާސިންތާ ރާއްޖޭގައި ބާއްވަން ނިންމާފައިވާތީ އެކަމުގެ ކައުންޓް ޑައުން ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ މިކޮންފަރެންސްގައި ބައިވެރިވަން ދުނިޔޭގެ އެންމެ މަޝްހޫރު 1000 އަށްވުރެ ކުންފުނިތަކުން ރާއްޖެއަށް ޒިޔާރަތްކުރުމުން އެކަމުގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އިމާރާތް ކުރުމުގެ ތަފާތު ދާއިރާތަކުގެ މިހައި ގިނަ އަދަދެއްގެ އެންމެ އިސް ބައަކު ރާއްޖެއަށް ޒިޔާރަތް ކުރުމުން ރާއްޖޭގައި އިމާރާތް ކުރަން ހުރި ތަންތަން އިމާރާތް ކުރުމަށް ކުރިއެރުން ލިބޭނެ ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރުގައި އަދި ހެޔޮ އަގުގައި ރިޒޯޓުތަކާއި އެހެން އިމާރާތްތައް އިމާރާތް ކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

އެހެންކަމުން އެކަމުގެ ފައިދާ ވަރަށް ފުޅައުދާއިރާއެއްގައި ރާއްޖެއަށް ކުރާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެ އިތުރަށް އިޝްތިހާރުވެ އެކަމުގެ ފައިދާވެސް ރާއްޖެއަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤާސިމް އިބްރާހީމް ވަނީ ކަރަންޓް ކީހެއް ރޮންދާއެއް އަދި ކޮންކްރީޓް މެޝިނެއްވެސް ނެތި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރު މުއްދަތެއްގައި ބޮޑެތި ކުރިއެރުންތައް ހޯދައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓާ ޤައުމަށް ހެދުމުން މަސީގެ މެންބަރުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

އަދި މަސީގެ މެންބަރުންގެ ގޮތުގައި ދުނިޔޭގެ ފެންވަރުގެ ކުންފުނިތައް މިހާރު އެބަހުރިކަން ވެސް އެމަނިކުފާނު ވަނީ ފާހޖަގަކުރައްވައިފައެވެ. ޤާސިމް އިބްރާހީމް ވަނީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަމާއި އެމްއެންސީސީއައިގެ ޗެއާމަންކަންވެސް ދިގު މުއްދަތެއްގައި ކުރައްވައިފައެވެ. އަދި ސާކް ޗޭމްބަރ އޮފް ކޮމަރސްގެ ރައީސްކަންވެސް ކުރައްވައިފައެވެ. މީގެ އިތުރުން ޤާސިމް އިބްރާހީމް ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފެށިގެން އަި ދުވަސްވަރު އަލިއާ ފަރނީޗަރ މާޓުގެ މުވައްޒިފެއްގެ ހައިޞިއްޔަތުން ވަރަށް ގިނަ ޚިދުމަތްތައްވެސް ކޮށް ދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް