އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިފައުޕްކާ 45 ވަނަ ކޮންވެންޝަން ރާއްޖޭގަ ބާއްވަން ކައުންޓްޑައުން ފަށައިފި

އިފައުޕްކާ 45 ވަނަ ކޮންވެންޝަން ރާއްޖޭގަ ބާއްވަން ކައުންޓްޑައުން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފައުޕްކާ)ގެ 45 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ކައުންޓްޑައުން ފަށައިފިއެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ 29 ން ޖުލައި 3 އަށް ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ކައުންޓްޑައުން ފަށްޓަވައިދެއްވީ އެކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ރޭގެ ރސްމިއްޔާތުގައި މިމަހާސިންތާގެ ރަސްމީ ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ފަރާތްތަކުން ބާއްވަމުން ގެންދާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް މަހާސިންތާ، އިފައުޕްކާ ކޮންވެންޝަން ބާއްވަމުން ގެންދަނީ ކޮންމެ 18 މަހަކުން އެއް ފަހަރު ކަމަށް ވުމުން 2020އަށްފަހު ދެން ޜާއްޖެއަށް ފުރުޞަތުލިބޭނީ 25 އަހަރު ފަހުން 2045 ގައެވެ. ރޭގެ ރަސްމިއްޔާތުގައި އެޖަމިއްޔާގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް ރާއްޖެއިން ފުރަތަމަ މަޝްވަރާކުރުމުން ރާއްޖޭގެ ކުޑަކަން ފާހަގަކޮށް މިހައި ކުޑަ ޤައުމަކުން ޗަންދާ ދެއްކިދާނެތޯ ސުވާލުކުރި ކަމަށެވެ.

މި މަހާސިންތާއަކީ އިފައުޕްކާގެ މެންބަރު ގައުމުތަކުގެ ސަރުކާރުތަކާއި، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ގައުމުތަކުގެ ކުންފުނިތަކުގެ ގުޅުން ބަދަހިކޮށް އެކި ގައުމުތަކަށް މި ދާއިރާގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޘްވަރާކޮށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް