އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަގުވާމީ ކޮންފަރެއްސެއްގައި އިސްލާމިކް މިނިސްޓާރ ބައިވެރިވެ ވަޑައިގެންފި!

ބައިނަލްއަގުވާމީ ކޮންފަރެއްސެއްގައި އިސްލާމިކް މިނިސްޓާރ ބައިވެރިވެ ވަޑައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓާރ ޑރ. އަޙުމަދު ޒާހިރު އަލީ ބައިވެރިވެ ވަޑައިގެންފިއެވެ.

 

މި ކޮންފަރެންސަކީ ނަސްލީ ހަމަނުޖެހުން ނައްތާލާ، ތަފާތު ދީންތަކާއި ނަސްލުތަކުގެ މީހުން ހަމަޖެހުމާއެކު އެކުގައި ދިރިއުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށް އަމާޒުކޮށް ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމުގައި ކުރިޔަށްގެންދާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް ޔުނިޓީ: ދަ ޕެރިލްސް އޮފް ލޭބަލިންގ އެންޑް އެކްސްކުލޫޝަންގެ ނަމުން ނަންދެވިފައިވާ ކޮންފަރެންސް އެކެވެ.

 

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދުގެ ބެއްލެވުމުގެ ދަށުން މުސްލިމް ވާލްޑް ލީގުން އިންތިޒާމްކުރާ މި ކޮންފަރެންސް އަކީ އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިޔަށްގެންދަވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި 127 ގައުމަކުން 1200 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުން، ސައުދީގައި ކުރިއަށްދާ މި ކޮންފަރެންސް  އިފްތިތާހު ކޮށްދެއްވާފައިވަނީ ސައުދީ ޕްރިންސް ހާލިދު އަލް ފައިސަލް އަލް ސައުދެވެ.

ޒިދާން މުހައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް