އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު އަށާރަ ދަރިވަރުން ދަސްވެނިވެއްޖެ

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު އަށާރަ ދަރިވަރުން ދަސްވެނިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

ދިރާގުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި 18 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

 

މިކަމަށްޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ދިރާގުން ވަނީ ޚާއްސަ ޚަފްލާއެއް ބާއްވާފައެވެ.

 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތަކުގައި ތަމްރީން ކުރި ދަރިވަރުން ހިމެނެ އެވެ.

 

ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ 10 ވަނަ އަހަރު ކަމަށެވެ.

 

އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އޯލެވެލް އާއި އޭލެވެލް ހަދާ ކުދިން މަސައްކަތުގެ މާހައުލަށާއި ދާއިރާ އަށް ތަމްރީނުކުރުުން ކަމަށާއި ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 75 ޕަސެންޓްގެ ޒުވާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކުންފުނިތަކުގައި ކަމަށެވެ. އަދި ބާކީ 25 ޕަސެންޓް ޒުވާނުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކުގައި ނުވަތަ މަތީ ތަައުލީމް ހާސިލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް އެވެ. އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރި އެރުވުމުގައި ދިރާގުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން ވެސް ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ބަރޯސާ ވާކަން މިނިސްޓަރ މަލީހް ފާހަގަ ކުރެއްވި އެވެ.

 

ދިރާގުން ވަނީ މިދިޔަ މަހު ކުރިޔަށް އޮތް އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮޮގްރާމަށް 29 ކުދިން ހޮވައިފަ އެވެ. އެގޮތުން ނޮވެމްބަރުގައި އިންޓަވިއުކޮށް، 29 ކުދިން ވެސް ދިރާގުގެ ތަފާތު އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ