އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ ޖަލު ހުކުމް ބާތިލު ކޮށްފި

މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ ޖަލު ހުކުމް ބާތިލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތުގެ މައްސަލައިގެ ދައުވާގައި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

 

ކުރީގެ އެމްޕީ ނާޒިމްގެ މައްޗަށް އެހުކުމް މީގެކުރިން އިއްވާފައިވަނީ ވެސް ސުޕްރީމް ކޯޓުންނެވެ.

 

އެކޯޓުން ނާޒިމްގެ ހުކުމް ބާތިލްކޮށްފައިވަނީ، 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް އެމަނިކުފާނުގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުންނެވެ. . އެ ހުށަހެޅުން ނާޒިމް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫންގެ ވެރިކަން ނިމުމުންނެވެ.

 

އަހުމަދު ނާޒިމް އަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ ކުރީގެ މެމްބަރުވެސް މެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެއިރު އިއްވި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ މެމްބަރުކަން ވެސް ވަނީ ގެއްލިފައެވެ.

 

ނާޒިމް ވަނީ ހުކުމާ ގުޅިގެން ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ. އޭގެ ފަހުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ނިމުނު ފަހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ