އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމްގެ ޖަލު ހުކުމް ވެސް ބާތިލު ކޮށްފި

ކާނަލް ނާޒިމްގެ ޖަލު ހުކުމް ވެސް ބާތިލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔާޑް ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް މިރޭ ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ. އެމަނިކުފާނަށް އެއިރު އެހުކުމް އިއްވީ ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައެވެ.

 

އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އެހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ. އަދި އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި އެމައްސަލަ ކާނަލް ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

 

ނަމަވެސް އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން ނިންމި ނިންމުން އަލުން މުރާޖާ ކޮށްދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.

 

ކާނަލް ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް މުރާޖާ ކޮށްދޭން ހުށަހެޅުއްވި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިރޭ އިއްވި ހުކުމްގައި، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި އެންމެ ބޮޑު ސަބަބަކީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ