އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭންގް ކުޅި ހުއްޓާފަ މިސްކިތަށް ބަދަލުވީމަ ބޮލަށް ލިބުނު ލުއި ބޮޑުކަމުން ބޮލެއް ހުންނަކަން ވެސް އިޙްޞާޞެއް ނުކުރެވޭ! : ޒުވާނެއް

ގޭންގް ކުޅި ހުއްޓާފަ މިސްކިތަށް ބަދަލުވީމަ ބޮލަށް ލިބުނު ލުއި ބޮޑުކަމުން ބޮލެއް ހުންނަކަން ވެސް އިޙްޞާޞެއް ނުކުރެވޭ! : ޒުވާނެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

މާލޭގައި ގޭންގް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނަކު ގޭންގްތައް ދޫކޮށް "މިސްކިތަށް" ބަދަލުވެއްޖެއެވެ.

 

މިސްކިތުން ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނާ ފެނުމުންވެސް ކުރިން ބިރުވެރިކަމެއް އިޙްޞާޞް ކުރެވޭތީއެވެ. ފުރަތަމަ ހީކުރެވުނީވެސް މިސްކިތުގައި ކޮންމެވެސް ކަންތައް ގަނޑެއް ހިންގާލަން ތައްޔާރުވަނީ ކަމަށެވެ. އެހެންވެ ހިތަށް އިޙްޞާޞްވަމުން ދިއަ ބިރުވެރިކަމާއިއެކުވެސް ނަމާދަށް ހުރީ އޭނާ އާއި ޖެހިގެންނެވެ.

 

ނަމާދު ނިމިގެން މިސްކިތުން ނުކުމެ އަމިއްލައަށް އިސް ނަގައި އޭނާގެ ވާހަކަތައް ކުރުގޮތަކަށް ބުނެދިނެވެ. "މިދިއަ ރޯދަމަހަކީ ފުރަތަމަ ރޯދަ ހިފި މަހެވެ. ހަމައެކަނި ރޯދަ ހިފީއެއް ނޫނެވެ. މުލަ ރޯދަ ވިލޭރޭގެ ފަތިސް ނަމާދުން ފެށިގެން މިއަދާއި ހަމައަށްވެސް އެންމެ ނަމާދެއްވެސް ނާޅަމެވެ."

 

ލިބުނު ސިހުމާއިއެކު މިހާރު އިޙްޞާޞް ކުރެވޭ ތަފާތަކީ ކޮބައިތޯ ސުވާލުކުރުމުން އެކަންވެސް ކިޔައިދިނެވެ.

 

"އެއިރު ވާގޮތަކީ ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރާނެ ފައިސާ ހުންނަނީ ލިބިލިބި. އެއްވެސް ކަމެއް ނުހިންގި ނަމަވެސް ބަރާބަރަށް ފައިސާ ލިބޭ. އެކަމަކު ބުނަން. އެއިރު އަބަދުވެސް ހުންނަން ޖެހެނީ ބޯގޮވާފަ! ކަންބޮޑުވެފަ! އަބަދުވެސް އުޅެންޖެހެނީ ކަންބޮޑުވުމެއްގެ ތެރޭގަ.

 

މިހާރު އެހައިގިނަ ފައިސާއެއް ނުލިބޭ. ތެދަށް ބުނާނަމަ ވަރަށް ފަޤީރުކޮށް އަދި މިއުޅެނީ. ފަހުން އޯކޭވާނެ އިރާދަކުރެއްވިއްޔާ! ގޭގަ ކުޑަ މަސައްކަތެއް ފަށައިގެން މިއުޅެނީ. ދެން ބުނަންތަ މީގަމިވާ ގޮތަކީ މިގޮތަށް އުޅުން ބަދަލުކޮށްލީމަ ހާދަ ކޫލޭ. އެއްކަލަ ކުރިން އަބަދު ބަރުވެގެން އުޅެންޖެހުނު ބޯ މިހާރު އިންނަހެނެއްވެސް ހިއެއް ނުވޭ. ލުއިވެގެން ގޮސް ބޯ އިންނަކަން އިހްޞާޞްއެއްވެސް ނުކުރެވޭ. ދެން ކުރަން މިވަރު މޮޅުކަމެއް ކޮބާ؟ ގެންނަން މިއަށްވުރެ ރަނގަޅު ބަދަލެއް ކޮބާ؟" 

 

ދިރިއުޅުން ބަދަލުކޮށްލުމުން ކުރީގެ ރަހްމަތްތެރިން ބުނަނީ ކިކޭތޯ ސުވާލުކުރުމުން ބުނީ މުލަ ރޯދަ ދުވަހުގެ ކުރި މިހާރު ވަނީ "އެކުގަ ދާއިމަށް ޑިލީޓްކޮށްފަ" ކަމަށެވެ. "އެކުދިންނަކީ ހަމަ ރައްޓެހިން. ފެނުނީމަ ވާހަކަވެސް ދައްކަން. ނަމަވެސް ހަމައެކަނި ހާލު އަހުވާލު އަހައިލުމުން ނިންމާލަނީ. ކުރިން އުޅުނު ގޮތް މުޅިން ޕަރމަނަންޓްލީ ޑިލީޓެޑް. އެބާވަތުގެ ވާހަ ދެއްކުންވެސް އެއީ މިހާރު މަނާކަމެއް. އެވާހަކަ ބުނެފަ އޮންނާނީ."

 

ނިންމާލަމުން ބުނީ ގޭންގް ހިންގިއިރުވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ. ފަހަރެއްގައި މީހަކަށް ބިރުދައްކާލަން ކަމެއް ކޮށްލެވުނު ނަމަވެސް ޖިސްމާނީ ބޮޑު އަނިޔާއެއް ދުވަހަކުވެސް ނުކުރާ ކަމަށެވެ.

 

"ލަޠީފްބެއަށް އެބައޮތް ކޮޅެއް އެއްލަންވެފަ. ސީދާ ނުބުނަން އެހެންވެގެން ކަމަކަށް. އެކަމަކު މިއަދުނޫހުގަ ތިލިޔާ ދީނީ ލިޔުންތައް ކިޔަން ފެށިފަހުން ނަރަކައިގެ ބިރުވެރިކަން ހިތަށް ވަންނަން ފެށީ" ސަލާމްކޮށްލަމުން ފަހުބަހަކަށް ބުނެލިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް