އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ އިޤްޠިޞާދަށް އެންމެ ނުފޫޒުގަދަ ފައްސަތޭކަ މީހުންގެ ލިސްޓްގަ ތިން ވަނަ ފަހަރަށް ޑރ. މުނީޒާ ހިމެނިވަޑައިގެންފި

އިސްލާމީ އިޤްޠިޞާދަށް އެންމެ ނުފޫޒުގަދަ ފައްސަތޭކަ މީހުންގެ ލިސްޓްގަ ތިން ވަނަ ފަހަރަށް ޑރ. މުނީޒާ ހިމެނިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އިސްލާމީ އިޤްޠިޞާދަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މީހުންގެ ލިސްޓްގައި ވިދިވިދިގެން 3 ވަނަ ފަހަރަށް ޑރ. ޢައިޝަތު މުނީޒާ ހިމެނިވަޑައިގެންފިއެވެ.

 

ޑރ. މުނީޒާ ވެވަޑައިގެންފައިވަނީ އިސްލާމިކް ފިނޭންސްގެ ދާއިރާއިން ރާއްޖޭގެ އިތުރުން ދުނިޔޭގެ އިސްލާމިކް ފިނޭންސް ދާއިރާއަށް ކުރިއެރުން ހޯއްދަވައިދެއްވުމުގައި ދުނިޔޭގެ ފެންވަރުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ހަމައެކަނި ދިވެހި ޝަޚްޞިއްޔަތުގެ ގޮތުގައެވެ.

 

2011 ވަނަ އަހަރުން ފެށިގެން ޑރ. މުނީޒާ ގެންދަވަނީ އިސްލާމިކް ފިނޭންސްގެ ދާއިރާއިން ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ދިރާސާތައް ކުރައްވައި ރިޕޯޓްތައް ޢާންމުކުރައްވަމުންނެވެ. އަދި ބައިނަލްއަޤްވާމީ މަހާސިންތާތަކުގައި ތަޤްރީރް ކުރައްވަމުންނެވެ.

 

ރާއްޖޭގައި ސުކުކް ތައާރަފް ކުރުމުގައި އަމަލުކޮށްފައިވަނީ ޑރ. މުނީޒާގެ ނިންމެވުންތަކަށެވެ. އެކަމުގެ ހަޤީޤީ މޭސްތިރިއަކީ ޥެސް އެކަމަނާއެވެ.

 

ރާއްޖޭގެ އިސްލާމީ ފިނޭންސްގެ "މަންމަ" ކަމުގައި ބެލެވޭ ޑރ. މުނީޒާ ވަނީ ފިނޭންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުން ޚިދުމަތް ކުރައްވައިފައެވެ. ރާއްޖޭގެ ހައްޖު ކޯޕޮރޭޝަނުގެ ފުރަތަމަ ޗެއާމަނަކީވެސް އެކަމަނާއެވެ. އިސްލާމީ ފިނޭންސްގެ ދާއިރާއިން ޑރ. މުނީޒާގެ ލިޔުއްވުންތައް މިހާރު ދަނީ ދުނިޔޭގެ ފެންވަރުގައި ޝާއިޢުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް