އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޚާރިޖީ ދާއިރާ އާ ގުޅޭ ވަޢުދުތައް ފުރިހަމަ ކުރެވިއްޖެ: ޚާރިޖިއްޔާ

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޚާރިޖީ ދާއިރާ އާ ގުޅޭ ވަޢުދުތައް ފުރިހަމަ ކުރެވިއްޖެ: ޚާރިޖިއްޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން، ޚާރިޖީދާއިރާއާ ގުޅޭ ދެ ވަޢުދު މިހާރުވަނީ ފުރިހަމަކުރެވިފައި ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

 

ކާރިޖިއްޔާއިން މިއަދު ބުނެފައިވަނީ މި ދެވަޢުދަކީ، ކޮމަންވެލްތްގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމާއި، އ.ދ.ގެ ބައެއް ވަރކިންގ ގްރޫޕްތަކުގައާއި އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުން ކަމަށެވެ.

 

ޚާރިޖިއްޔާއިން ބުނެފައިވަނީ  މިގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެއްގޮތަށް، 07 ޑިސެންބަރު 2018 ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ފޮނުއްވާފައި ކަމަށެވެ.

 

މީގެ އިތުރުން އ.ދ.ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން ގައި ބަލަމުންދިޔަ ރާއްޖޭގެ މައްސަލަތަކުގެ އެންމެފަހުގެ މަޢުލޫމާތު މިހާރުވަނީ އެފަރާތާ ހިއްސާކުރެވިފައެވެ. އެގޮތުން ވަރކިން ގްރޫޕުން ބަލަމުންދިޔަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ޝަރުޢީ މަރުހަލާގެ ތެރެއިން މިހާރު މިނިވަންވެފައިވާކަން ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

 

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެ ޙައްޤުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމުގައި ވީ ހިނދު، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ޚާރިޖިއްޔާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަޤީންކަން މިފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް