އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ބާވައިލެއްވެވި ޓެކްސް ނުނަގައި ގަދަކަމުން ނަގަނީ އަމިއްލައަށް އުފައްދާ ޓެކްސް: ޝައިޚް ޖަޢްފަރު ފާއިޒް

މާތް ﷲ ބާވައިލެއްވެވި ޓެކްސް ނުނަގައި ގަދަކަމުން ނަގަނީ އަމިއްލައަށް އުފައްދާ ޓެކްސް: ޝައިޚް ޖަޢްފަރު ފާއިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ﷲ ތައާ ކުރައްވަވާފައިވާ އަމުރުފުޅުތައް ތަންފީޒުކުރުން މިދަނީ މަދުވަމުންނެވެ. އެކަންކަމާއި ދުރުހެލިވަމުންނެވެ. މިގޮތުން ބަލާއިރު ދުވަހެއް ދުވަހަކަށް މިދެވެނީ ﷲ ތަޢާލާގެ ޙައްދުތައް ޤާއިމުކުރުމާއި ދުރުވަމުންނެވެ.

 

ﷲ ތަޢާލާ ވެރިކަމުގެ މައްޗަށް ލާޒިމުކުރައްވަވާފައިވަނީ ޒަކާތް ނެގުމެވެ. ނަމަވެސް އެކަން މިއަދު މިވަނީ އިޚްތިޔާރީ ކަމަކަށްވެފައެވެ. ނަމަވެސް ސަރުކާރުން ތަޢާރަފްކޮށްފައިވާ ޓެކްސްތަކާއި ޖީއެސްޓީ މިގެންދަނީ ނުދައްކައިފި ނަމަ ގަދަ ކަމުންވެސް ނަގަމުންނެވެ.

 

ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވަނީ ޤިޞާޞް ހިފުމަކީ އެކަމުގެ ސަބަބުން ދިރުން ލިބޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު މިބުނަނީ ޤިޞާޞް ހިފަން ފަށައިފިނަމަ މީހުން މަރުވެ ޤައުމުން މީހުން ހުސްވެދާނެ ކަމަށެވެ. އެހެން އެ ބުނާ މީހުންނަށް ﷲ ތަޢާލާއަށްވުރެ "މާމޮޅަށް" ކަންތައްތަކެއް އެނގެނީ ހެއްޔެވެ؟ ސުބްޙާނަﷲ!

 

ﷲ ތަޢާލާ އަންގަވާފައިވަނީ ކީރިތި ޤްރްއާން ކިޔަވައި އެއަށް އަމަލުކުރުމަށެވެ. ނަމަވެސް އެ ފޮތް މިހާރު ހަދާފައި މިވަނީ ގޭގެ މަތާރަން ފިލާމަތީގައި ރީއްޗަކަށް ބާއްވާ އެއްޗަކަށެވެ.

 

މިއަދު އިސްލާމަކަށް ކިޔާ ނަމެއް ކިޔުމުން އެއީ އިސްލާމެއްކަމަށް އެބަ ބުނެވެއެވެ. ސުވާލަކީ އިސްލާމުންނަށް ކިޔާ ރީތި ނަންތައް ކިޔުމުން އެމީހުންނަކީ މުސްލިމުންކަމުގައި ވޭހެއްޔެވެ؟ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް އެމީހުންނަށް ކަމުދޭ ހެއްޔެވެ؟ ކަމު ނުދާނަމަ އެއީ އިސްލާމުން ހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް