އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ބަލިކޮށް، ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް..

އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ބަލިކޮށް، ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އޭދަފުއްޓަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ބ. ދޮންފަނުގައި ކުރިއަށްދާ ' ދޮންފަނު އިންވިޓޭޝަން ކަޕް ' ގެ ފައިނަލުގެ ފުރަތަމަ ޖާގަ އޭދަފުށިން ހޯދައިފިއެވެ.

 

އެޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 7-6 ން ކުރިހޯދައިގެންނެވެ.

 

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.

 

އެހެންނަމަވެސް މި މެޗު ވެގެންދިޔައީ ފޯރިގަދަ އަދި ބަލާހިތްވާ މެޗަކަށެވެ. އޭދަފުށި ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެހަމަލާތަކުގެ ހުރަހަކަށްވީ ގޮއިދޫ ޓީމުގެ ގޯލްކީޕަރެވެ.

 

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ ހަމްދާން އަބްދުއްސައްތާރުއެވެ.

 

މާދަމާ ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާނީ ކިހާދޫ އާއި ދޮންފަނެވެ.

 

ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އެ އަތޮޅުގެ 23 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް