އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުން ކައުންސިލްތަކާ ހަވާލު ކުރާނަން: އަލީ ވަހީދު

ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުން ކައުންސިލްތަކާ ހަވާލު ކުރާނަން: އަލީ ވަހީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ބާރު ކައުންސިލްތަކާ ހަވާލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

 

އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާރ ވިދާޅުވީ، ގެސްޓް ހައުސްތައް ހިންގުމުގައި ސަރުކާރަށްވުރެ ބޮޑަށް ކައުންސިލްތައް ކުރީގައި އުޅޭކަން ފާހަގަވާ ކަމަށެވެ.

 

އޭގެއިތުރުން މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދެމުން އަންނައިރު ކުރިމަގުގައި ވެސް އިތުރު ބާރުތައް ރަށު ކައުންސިލްތައް ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމާއި ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހޭ ބައެއް ޚިދުމަތްތައް ވެސް ކައުންސިލްތަކުން ލިބޭ ގޮތް ހެދުން ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

"ބައެއް އުސޫލުތައް އެބަހުރި ގެސްޓް ހައުސްތަކުން ރަނގަޅު ކުރަން އެދިފައި. ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ އަޑު އަހައިގެން ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެ ކަންކަން ކޮށްދިނުން،" ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް